18 އޯގަސްޓް 2021 - 14:13

މަހުގެ ރަތް ކުލަ ހިފެހެއްޓުމަށް ކާބަން މޮނޮކްސައިޑް ކެމިކަލް ބޭނުން ކުރާތީ އެކަމަށް ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މަހުގެ ބައެއް ސާމްޕަލްތަކުން މި ކެމިކަލް ބޭނުން ކޮށްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މި ގޮތަށް ވިއްކާ މަހުގެ ލޭބަލްގައި އެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މަހުގެ ތާޒާކަން ގެއްލުނަސް ކާބަން މޮނޮކްސައިޑް ބޭނުން ކުރުމުން އޭގައި ހުންނަ ރަތްކަން ދަމަހައްޓައިދެ އެވެ. އެހެން ހެދުމުން އެއީ ޒާތާ ނޫން މަހެއްކަން ގަންނަ މީހުންނަކަށް ނޭނގޭނެ އެވެ.
ލޭބަލްގައި ނުޖަހާ މިގޮތަށް މަސް ވިއްކާ ކަން އެނގޭ ނަމަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް އެންގުމަށް ވެސް އެ ތަނުން ވަނީ އެދިފަ އެވެ. ފޮޓޯއާ އެކު މިކަމުގެ މައުލޫމާތު 7603204 އަށް ފޮނުވޭނެ އެވެ.
ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓަކީ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ބޭނުން ކުރާ ޓްރީޓްމަންޓެކެވެ. މި ކެމިކަލް މަހަށް އަޅަނީ ގަނޑުކުރި މަހުގެ ތާޒާކަން އޮޅުވާލުމަށެވެ.