މާލެ ސަރަހައްދުގެ 2،016 ސާމްޕަލުން ޕޮޒިޓިވްވީ 36 މީހުން
މާލެ ސަރަހައްދުގެ 2،016 ސާމްޕަލުން ޕޮޒިޓިވްވީ 36 މީހުން

ކޮވިޑު-19 އަށް މާލެ ސަރަހައްދުން ޓެސްޓުކުރި 2،000 އަށްވުރެ ގިނަ ސާމްޕަލް އިން ޕޮޒިޓިވްވެފައި ވަނީ 36 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެ އެޖެންސީން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް މުޅި ޖުމްލަ 5،237 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން ޓެސްޓުކޮށްފައި ވަނީ 2،016 މީހުންނެވެ. ބާކީ ސާމްޕަލްތަކަކީ ރާއްޖޭގެ އެކި ހިސާބުތަކުން ނަގާފައިވާ ސާމްޕަލްތަކެވެ.

އެކި ރަށްރަށުން 86 މީހަކު އަދި ރިސޯޓުތަކުން އަށް މީހަކަށް ވެސް ކޮވިޑު ޖެހިފައިވެ އެވެ.

އެ ބަލިން 133 މީހަކު ރަނގަޅުވެފައިވެ އެވެ. އެހެންވެ، އެކްޓިވް ކޭސްތަކުގެ އަދަދު 1،679 އަށް ވަނީ ދަށްވެފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް ވަނީ 13 އަށް ދަށްވެފަ އެވެ.