ރައީސް ތ. އަތޮޅުގެ ހަތް ރަށަކަށް
ރައީސް ތ. އަތޮޅުގެ ހަތް ރަށަކަށް

ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅެެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުުނީ ތިން ދުވަހުގެ މި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތިމަރަފުއްޓަށް ކަމަށެވެ. އެއަށްފަހު، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު ބައްލަވާނެ އެވެ.

މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިން އަދި، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފަ އެވެ.

މީގެ އިތުރުން ވެސް ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް ހދ. ގެ ތިން ރަށަކަށް ވަޑައިގެންފަ އެވެ. އެއީ ކުޅުދުއްފުއްޓާއި ކުމުންދީ އަދި ހަނިމާދޫ އެވެ.