28 ނޮވެމްބަރ 2016 - 12:32

އަލިފާންގަނޑު ނިއްވާލައިފި. އެކަމަކު ދުމުގެ އަސަރު ކޮންމެވެސް ވަރަކަށް އެބަހުރި.

މަޝްހޫރު އެމްއެސް ކާޕެންޓްރީގައި ވެސް ވަނީ ރޯވެފައި. މި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވުމާއި ގިނަ އަދަދެއްގެ ކެމިކަލް ހުރުމުން، އަލިފާން ނިއްވަނީ ފޮމް ބޭނުންކޮށްގެން

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް މިހާރު ވެސް ކުއްލި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް. އަދި އެ މީހުންނަށް މާލެ އިން ވަގުތީ ހިޔާ ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި. މިނިސްޓަރު ވިދާޅުވީ މި ހާދިސާގައި ގެދޮރު ހަލާކުވި މީހުންނަށް، ގެދޮރު އިމާރާތް ކުރުމަަށް ލުއި ފަސޭހަ ގޮތަކަށް ސަރުކާރުން ލޯން ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި. މިހާތަނަށް ފަސް ގެއަކުން މީހުން ނެރެފައިވޭ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ތަރުޖަމާން އަދުނާން ވިދާޅުވި. އެކަމަކު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވި.

އެމްއެންޑީއެފްގެ ތަރުޖަމާން އަދުނާން ވިދާޅުވީ އަލިފާންގަނޑު އިތުރަށް ނުފެތުރޭ ވަރަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށް.
ދަގަނޑު ހޮޅި އާއި ޓިނުން ހަދާފައިވާ ގުދަނުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ. އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުން ދާއިރު ގުދަން މިހާރު ވަނީ ވެއްޓިފައި.
ކަފިދޫގެއާ ޖެހިގެން ހުންނަ ދެ ގެއެއްގައި ވެސް ރޯވެއްޖެ.
ބްރަދަހުޑް ގްރޫޕްގެ ދަށުން ހަތަރު ކުންފުންޏެއް ހިންގަމުން ދާ ކަމަށް އެ ގުރޫޕުގެ ވެބްސައިޓްގައި ބުނެފައިވޭ. އަދި މާލޭގައި އަށް ފިހާރައެއް ހިންގަމުން ދޭ. އަދި އެކި ރަށްރަށުގައި ދެ ފިހާރައެއް ހިންގާ. ބްރަދަހުޑް ގުރޫޕުން ކުރަނީ ގާމަންޓްސް އާއި ކޮސްމެޓިކްސް އާއި އިލެކްޓްރޯނިކްސްގެ ވިޔަފާރި.
ރޯވީ ބްރަދަހުޑް ގުރޫޕުން ހިންގާ ފިހާރައެއްގެ ގުދަނެއްގައި. އެ ގުދަން ހުރީ އިންޝުއަ ކޮށްފައި ކަމަށް އެ ގުރޫޕުގެ އޮފިޝަލަކު ވިދާޅުވި.
ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލިފާން ރޯވީ މއ. ކަފިދޫގޭގައި ހުރި ފަސް ބުރީގެ ގުދަނެއްގައި. އެތަނުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުންނާނެ ކަމަށް ގުދަނުގެ ވެރިފަރާތުން ބުނޭ. ގުނަދުގައި ހުރީ ކޮސްމެޓިކްސް އާާއި ގާމަންޓްސް އަދި ދޮންނަ މެޝިން ކަަމަށް އޮފިޝަލް ވިދާޅުވޭ.
ރޯވެފައި ވަނީ ކާމިނީ މަގުން ގޮސް، ދިލްބަހާރު ގޯޅީގައި ހުންނަ ގުދަނެއްގައި. ޖެހިގެން ހުރި ގޭގައި ވެސް މިހާރު ވަނީ ރޯވެފައި.
އަލިފާން ރޯވެފައިވާ އިމާރާތާ ޖެހިގެން ހުރި އިމާރާތުން ވެސް ބައެއް ވެއްޓިފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނޭ
އަލިފާން ރޯވި ސަރަހައްދުގައި ހުރި "މިހާރު"ގެ ނޫސްވެރިޔާ ބުނީ، އިމާރާތުގެ މަތިން ވެއްޓުނު ބިއްލޫރިގަނޑަކުން ޖެހި ސިފައިންގެ މީހެއްގެ މޫނުން ބައެއް ޒަހަމްވެއްޖެ ކަމަށް.
ދިލްބަހާރުމަގުގައި ހުރި ތަނެއްގައި ރޯވެ އަނދަމުން އެބަދެ އެވެ. އެކަމަކު މިއީ ކޮން ބޭނުމަކު ބޭނުންކުރާ ތަނެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ސިފައިން މިހާރު އަންނަނީ ކުރަމުންނެވެ.
ތަފުސީލް އަންނަނީ...