ޓްރީ ޓޮޕް ހޮސްޕިޓަލުގައި 1،000 ކުދިން ވިއްސައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުގައި 1،000 ކުދިން ވިއްސައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން 1،000 ކުދިން ވިއްސައި އެކަން ފާހަގަކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި 1،000 ކުދިން ވިއްސައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުގައި 1،000 ކުދިން ވިއްސައިފި

ޓްރީ ޓޮޕުން ބުނީ މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލުގެ މެހެމާނުންނަށް އަމާޒުކޮށްގެން ހާއްސަ ކަންތައްތަކެއް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ވިހެއުމާއި އަންހެނުންގެ ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންގެ ސިއްހަތަށާއި ދަރިމައިވުމުގެ ސިއްހީ ކަންކަމަށް އެންމެ ފެންވަރު ރަނގަޅު ގޮތުގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

އަންހެނުންނަށް ހާއްސަ ހެލްތު ސްކްރީނިން ޕްރޮގްރާމްތަކާއި ވިހެއުމުގެ ހާއްސަ ޕެކޭޖްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މި ފްރޮގްރާމުތަކުގެ ދަށުން، ވިހެއުމުގެ ކަންތައްތައް ފަސޭހަކަމާ އެކު ހަމަޖައްސައި ދުރާލައި ތަފާތު ތަހުލީލުތައް ހަދައި ޑޮކްޓަރުގެ ލަފާގެ މަތީން އެންމެ ޒަމާނީ މަތީ ފެންވަރުގެ ފަރުވާ އެ ހޮސްޕިޓަލުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަރަށް ފަހުން ވަނީ ޗައިލްޑް ނިއުޓްރިޝަން ކްލިނިކެއް ވެސް ހުޅުވައިފަ އެވެ. އެއީ މަންމަ އާއި ކުޑަދަރިފުޅުގެ ސިއްހަތުގެ ހާއްސަ ހިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެކަމަށް ހާއްސަ ކްލިނިކެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.