ޕެރަލިމްޕިކްސް ޓީމަށް ދިރާގުގެ ހެޔޮ އެދުންތައް
ޕެރަލިމްޕިކްސް ޓީމަށް ދިރާގުގެ ހެޔޮ އެދުންތައް

ޕެރަލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާ އެތުލީޓުންނާ ދިރާގުން ބައްދަލުކޮށް ހެޔޮ އެދުންތައް ރައްދުކޮށްފި އެވެ.

ޕެރަލިމްޕިކްސް ޓީމަށް ދިރާގުގެ ހެޔޮ އެދުންތައް
ޕެރަލިމްޕިކްސް ޓީމަށް ދިރާގުގެ ހެޔޮ އެދުންތައް

ޓޯކިއޯއަށް ފުރި އެތުލީޓުން ކަމަށްވާ، މުހައްމަދު މާޒިން އަދި ފާތިމަތު އިބްރާހިމާ ވާޗުއަލްކޮށް ދިރާގުން ބޭއްވި މި ބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ބައިވެރިވެރިވަޑައިގަތެވެ.

މިއީ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ބައިވެރިވާ މާޒިން، އެންމެ ފުރަަތަމަ ދުވުމުގެ މުބާރާތެއްގައި ބައިވެރިވީ 2012 ވަނަ އަހަރު ދިރާގުން ބޭއްވި "ދިރާގު ރޯޑް ރޭސް" ގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ދުވުމުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބީތައް ހޯދަމުންނެވެ. ދިރާގުން ބުނީ ދިރާގުގެ ރޯޑް ރޭސް މެދުވެރިކޮށް މިފަދަ އެތުލީޓުން އުފެދުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް މާޒިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ކޮންމެ އަހަރަކު ވެސް އޮލިމްޕިކްސް އަށް ފަހު އޮލިމްޕިކް ހޯސްޓްކުރާ ގައުމުގައި ޕެރަލިމްޕިކްސް ބާއްވަ އެވެ. މި ގޭމްސް އަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެ އެވެ.

ޕެރަލިމްޕިކްސްގައި ބައިވެރިވާނީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ. މި މަހު 24 އިން އަންނަ މަހު 5 ގެ ނިޔަލަށް ކުރިއަށް ގެންދާ ގޭމްސްގައި ފާތުންް އާއި މާޒިން ވާދަކުރާނީ 100 މީޓަރު ސްޕްރިންޓްގަ އެވެ. އެ ރޭހުގައި މާޒިންގެ ގައިޑް ރަނާއެއްގެ ގޮތުގައި ދުވާނީ މުހައްމަދު ސައިފް ޒާހިރެވެ. ފާތުންގެ ގައިޑް ރަނާ އަކީ ރަބާ އިސްމާއީލް އާސިފެވެ.