ސިޓީން ކުރި ބޮޑު ހަރަދު ފުރަތަމަ ދެ މެޗުން ވެސް ފެނަށް
ސިޓީން ކުރި ބޮޑު ހަރަދު ފުރަތަމަ ދެ މެޗުން ވެސް ފެނަށް

ލަންޑަން (އޮގަސްޓް 15) - މި ސީޒަންގައި ވެސް ބޮޑު ހޭދައަކާ އެކު ނުކުތް މެންޗެސްޓާ ސިޓީ ކުޅުނު ދެ ވަނަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން މިރޭ ބަލިވެއްޖެ އެވެ.

ސިޓީން ކުރި ބޮޑު ހަރަދު ފުރަތަމަ ދެ މެޗުން ވެސް ފެނަށް
ސިޓީން ކުރި ބޮޑު ހަރަދު ފުރަތަމަ ދެ މެޗުން ވެސް ފެނަށް

މިރޭގެ މެޗަށް ސިޓީގެ ކޯޗް ގާޑިއޯލާ ވަނީ، އިންގްލެންޑްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އަގުގައި ކްލަބު ބަދަލު ކުރި ޖެކް ގްރިލީޝް އަށް ފުލުކޮށް ކުޅެން ފުރުސަތު ދީފަ އެވެ. ބޮޑު ހަރަދު ކުރި ސިޓީ އަށް ސީޒަންގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ދިޔައީ ފެނަށެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ލެސްޓާ ސިޓީ އަތުން ބަލިވީ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ނޫނޯ ސަންޓޯގެ ޓޮޓެންހަމް އަތުން މިރޭ ބަލިވީ އެވެ.

ސީޒަން ފެށުމުގެ ކުރިން ވެސް ސްޕާސްގެ އިނގިރޭސި ފޯވަޑް، ހޭރީ ކޭން ޑިމާންޑް ކުރަމުން ދިޔައީ އޭނާ ކްލަބު ދޫކޮށް ދިއުމުގެ ފުރުސަތު ދިނުމަށެވެ. ސިޓީން އޮތީ އޭނާ ގެންދަން ތައްޔާރަށެވެ. ސިޓީ އަށް ފިލާވަޅެއް ނަގައިދީ އަދި ކޭން އަށް މެސެޖެއް ދިނީ ކޭންގެ އެޓޭކިން ޕާޓްނަރު ސަން ހިއުންގް މިން އެވެ. އެކަމަކު އަދިވެސް ކޭން ޑިމާންޑް ކުރަނީ ކްލަބު ދޫކޮށް ދިއުމަށެވެ. މެޗުގައި ސަން ލަނޑު ޖެހީ 56 ވަނަ މިނެޓްގައި ސްޓީވަން ބާގްވިން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ޓޮޓެންހަމްް އިން މިދިޔަ ދެން މަހުގައި ނުފެނުނު ކުއްލި ކައުންޓަ އެޓޭކުގެ ފުރުސަތުތައް މެޗުގައި ފެނުނެވެ. ސަންޓޯގެ ގޭމް ޕްލޭނަށް އޭނާ ވަނީ ވަރަށް ރަނގަޅަށް އޭނާގެ އާ ޓީމު ސެޓްކޮށްފަ އެވެ.

މެޗުގައި ކޭން ނުފެނުން ފާހަގަ ވަނީ އޭނާ ޓީމު ބަދަލު ކުރަން އުޅޭ ކަމުގެ އަލާމާތެއް ކަމަށެވެ. އެއީ 2012 ގައި ޓޮޓެންހަމް ދޫކޮށް، ލުކަ މޮޑްރިޗް ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ކުރިން، އެ ސީޒަންގެ ފުރަތަމަ މެޗުގައި އޭނާ ވެސް ނުފެނުމުންނެވެ. މެޗުން ނުފެނުނީ ކޭން މެންޗެސްޓާ ސިޓީ އަށް ބަދަލުވާތީކީ ނޫނެވެ. ސްޕާސްއިން ބުނިގޮތުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި އައިސް ޓީމާ އެކު އޭނާ ޓްރޭނިންތައް ކުރިއަށް ގެންދިޔައީ ދެ ސެޝަންގަ އެވެ.