ކަސްޓަމްސްގެ ވާޗުއަލް މެޝިނެއް ކްރޭޝް ވެއްޖެ، މުހިންމު މައުލޫމާތަކަށް އަސަރެއް ނުކުރޭ
ކަސްޓަމްސްގެ ވާޗުއަލް މެޝިނެއް ކްރޭޝް ވެއްޖެ، މުހިންމު މައުލޫމާތަކަށް އަސަރެއް ނުކުރޭ

އެ އިދާރާގެ ވާޗުއަލް މެޝިނެއް މިއަދު ކްރޭޝްވި ނަމަވެސް އޭގެ ސަބަބުން މުހިއްމު މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް އިން ކުރި ޓްވީޓެއްގައި ބުނީ ގެއްލުން ލިބުނު ވާޗުއަލް މެޝިން ރިކަވާ ކޮށްފައިވާ ކަމަށާއި ނަމަވެސް ބައެއް ފައިލްތައް ގެއްލިފައިވާ ކަމަށެވެ. އަދިވެސް މަސައްކަތް ކުރަނީ އެ މައުލޫމާތުތައް އަނބުރާ ހޯދުމަށް ކަމަށާއި މުހިއްމު އެއްވެސް މައުލޫމާތެއް އަދި ފޯމު ހުށަހަޅާ ސާވާއަށް އަސަރެއް ނުކުރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

"އެއްވެސް އުނދަގުލެއް ނެތި ހުރިހާ ހިދުމަތެއް ބޭނުން ކުރެވޭނެ،" ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އެހެން ބުނީ އެ އިދާރާގައި ރައްކާކޮށްފައި ހުރި ހުރިހާ މައުލޫމާތެއް ޑިލީޓުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމުންނެވެ. އެ މީޑިއާތަކުގައި ބުނާގޮތުން، އިންވެސްޓިގޭޝަން ޑޭޓާ އަދި ރިސްކް ޕްރޮފައިލް ޑޭޓާތައް ޑިލީޓުވެފައި ވެ އެވެ.