އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟
އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟

"އޮޕަރޭޝަން އެންޑިއުރިން ފްރީޑަމް"ގެ ނަމުގައި ވަރުގަދަ ހަނގުރާމައެއް އިއުލާންކޮށް، އެމެރިކާ ސިފައިން އަފްގާނިސްތާނަށް ހަމަލާ ދޭން ފެށީ، އޮކްޓޫބަރު 7، 2001 ގަ އެވެ. އޭރު އަފްގާނިސްތާނުގައި ވެރިކަން ކުރަމުން ދިޔައީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.

އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟
އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟

އެމެރިކާގެ ހަމަލާތަކުގައި މާ ގިނަ ދުވަސްތަކެއް ނުވެ، ތާލިބާނުންގެ ވެރިކަން ވައްޓައިލި އެވެ. އެއާ އެކު ތާލިބާނުންގެ ހަނގުރާމަވެރިން އާންމު ރަށްތައް ދޫކޮށް ފަރުބަދަތަކުގެ ތެރެއަށް ވަދެ ރައްކާތެރިކަން ހޯދި އެވެ. ހަގީގީ ހަނގުރާމަ ފެށުނީ އެހިސާބުންނެވެ.

އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟
އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟

ތާލިބާނުންގެ ވެރިކަން ވެއްޓުމަށް ފަހު، އެމެރިކާ ސިފައިންގެ އަމާޒަކަށް ދެން ހެދީ، ވީ ކޮންމެ ތަނަކުން ތާލިބާނުންގެ ހަނގުރާމަވެރިން ހޯދައި މަރައި ހުސްކުރުމެވެ. ނަމަވެސް އަހަރު ދެ އަހަރު، އަދި ފަސް އަހަރު ވެގެން ދިޔައިރު ވެސް، އެކަމުގައި އެމެރިކާ ސިފައިންނަށް ކުރިއެރުމެއް ނުލިބުނެވެ. ތާލިބާނުންގެ ހަމަލާތަކުގައި އެތައް ހާސް ސިފައިންނެއް މަރުވެ، 20 އަހަރު ވެގެން ދިޔައިރު ވެސް، ތާލިބާނުންގެ މައްޗަށް އެމެރިކާ ސިފައިންނަށް ކުރިއެރުމެއް ނުލިބުނެވެ.

އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟
އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟

މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެމެރިކާގެ ހުރިހާ ސިފައިން އަފްގާނިސްތާނުން ބާލާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެއާ އެކު، ތާލިބާނުންނަށް އަނެއްކާ ވެސް ދިރުން ލިބި، ހަތިޔާރުތައް ތޫނު ކުރަން ފެށި އެވެ.

އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟
އަފްގާނިސްތާނުގައި އެމެރިކާ މި ހޭވީ ކޮން ހަޑިއެއް؟

ޖުލައި މަސް ފެށުނު އިރު، ވަރަށް މަދު މީހަކު ފިޔަވައި އެމެރިކާ ސިފައިންގެ އެންމެން އަފްގާނިސްތާނުން ފޭބި އެވެ. އެމެރިކާ ސިފައިން ގާއިމުވެ ތިބި ބަގްރާމް ވައިގެ ބަނދަރު ދޫކޮށް، ސިފައިން ފައިބައިގެން ދިޔަ އިރު، އަފްގާނިސްތާނު ސަރުކާރަށް ވެސް އެކަން ނޭނގެ އެވެ.

ދެން ފެންނަން ފެށީ އަފްގާނިސްތާނުގެ ރަށްފުށު ސަރަހައްދުތަކުގައި ތާލިބާނުންގެ އަސްކަރީ ހަރަކާތްތައް ފުޅާ ކުރަން ފެށި މަންޒަރެވެ. އަފްގާނިސްތާނު ސަރުކާރު ސިފައިންނާއި ތާލިބާނުންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށުނެވެ. ދެ ހަފުތާ ވެގެން ދިޔައިރު، ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދައި، ރަށްފުށު ސަރަހައްދުގެ 85 ޕަސެންޓް އޮތީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އެއަށް ފަހު ތާލިބާނުންގެ ހަމަލާތައް އަމާޒުކުރަން ފެށީ، ޕްރޮވިންސްތަކުގެ މައި ރަށްތަކަށާއި ބޮޑެތި ރަށްތަކަށެވެ. ސަރުކާރު ސިފައިންގެ މަރުކަޒުތައް ވެސް ގިނައިން ހުރީ އެފަދަ ބޮޑެތި ރަށްތަކުގަ އެވެ. ވޭތުވެ ދިޔަ 10 ދުވަހުގެ ތެރޭގައި، އެ ގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން، 17 ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

އަފްގާނިސްތާނުގެ ދެ ވަނަ އަށް އެންމެ ބޮޑު ރަށް ކަމަށްވާ ކަންދަހާރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފައިވާ އިރު، ތާލިބާނުންގެ މިހާރުގެ އަމާޒަކީ އެ ގައުމުގެ ވެރިރަށް ކާބުލް އެވެ. ރައީސް އަޝްރަފް ގަނީގެ ސަރުކާރަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވެރިރަށް ކާބުލް ދިފާއު ކުރުމެވެ.

ނަމަވެސް މިހާތަނަށް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ކޮންމެ ސަރަހައްދަކުން ވެސް، ސަރުކާރު ސިފައިންނަށް ކުރިމަތިވި ނާކާމިޔާބީ އާއި، ތާލިބާނުންގެ ކުރިމަތީ އަމާންދީ ހަތިޔާރު ބެހެއްޓި ސަރުކާރު ސިފައިންގެ އަދަދަށް ބަލާއިރު، ކާބުލް ހިމާޔަތްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ.

އަފްގާނިސްތާނުގައި މިހާރު ކަން ހިނގާ ގޮތަށް ބަލާއިރު ޔަގީންވާ ކަމަކީ، ތާލިބާނުންގެ ކުރިމަތީގައި ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރު ކުޑަކަކޫ ޖެހިގެން ދިޔަ ކަމެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔައިރު، ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ކާމިޔާބެއް ނުކުރެވުނެވެ. އަދި ތާލިބާން ޖަމާއަތުގެ ބާރު ވެސް ކަނޑުވައެއް ނުލެވުނެވެ.

ހަމަ އެފަދައިން، އެމެރިކާ ބޭނުންވާ ފަދަ އިޖްތިމާއީ އަދި ސިޔާސީ މާހައުލެއް ވެސް އަފްގާނިސްތާނުގައި ގާއިމެއް ނުކުރެވުނެވެ. ވިހި އަހަރުވަންދެން ތިބެފައި ފައިބައިގެން ދިޔަ އިރު، އަފްގާނިސްތާނު ރައްޔިތުންނަށް ސުލްހަވެރިކަމެއް ވެސް އަދި ހަމަޖެހުމެއް ވެސް ހޯދައެއް ނުދެވުނެވެ. އިގްތިސާދީ ގޮތުން ވެސް، ގައުމަށް ހެޔޮ ބަދަލުތަކެއް ނާދެ އެވެ.

މިދިޔަ އަހަރުތަކުގައި، ތާލިބާނުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި، އެމެރިކާ ސިފައިންގެ ވަރަށް ބޮޑު އަސްކަރީ އެހީތެރިކަމެއް، އަފްގާނު ސިފައިންނަށް ލިބުނެވެ. ނަމަވެސް އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔުމާ އެކު، ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އެދަނީ، އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ތަމްރީންކޮށްދީފައި ތިބި ސަރުކާރު ސިފައިން އެކަންޏެވެ. އެމީހުންގެ ގިނަ ހަތިޔާރަކީ އެމެރިކާގެ އުފެއްދުންތަކެވެ.

ނަމަވެސް، އެމެރިކާ ސިފައިން ފައިބައިގެން ދިޔަ ފަހުން މިވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި، ތާލިބާނުންނާ ދެކޮޅަށް ސަރުކާރު ސިފައިންނަށް ހޯދުނު ކާމިޔާބެއް ނެތެވެ. އޭގެ ބަދަލުގައި ތާލިބާނުން ހަމަލާ ދިން ކޮންމެ ސަރަހައްދަކުން ފެނުނީ، ސަރުކާރު ސިފައިން ބަލިވެ ފަހަތަށް ޖެހި، ހަނގުރާމައިގެ މައިދާން ދޫކޮށް ފިލައިގެން ދިޔަ މަންޒަރެވެ. ވަކިން ހާއްސަ ގޮތެއްގައި، އަފްގާނު ސަރުކާރު ސިފައިންގެ ތެރޭގައި ހިމެނޭ ކޮމާންޑޯޒް ލަޝްކަރަކީ، އެމެރިކާ ސިފައިން ހާއްސަ ތަމްރީންތަކެއް ދީގެން ތައްޔާރުކޮށްފައި އޮތް ލަޝްކަރެކެވެ.

އަފްގާނިސްތާނުގައި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް އެމެރިކާ އަށް ކާމިޔާބެއް ނުލިބުމުގެ އިތުރުން، އެ ސަރަހައްދުގައި ސްޓްރެޓީޖީ ގޮތުން ވެސް އެމެރިކާ އަށް ލިބުނީ ނާކާމިޔާބީ އެވެ. އަފްގާނިސްތާނުން ސިފައިން ބާލަން ނިންމި އިރު ވެސް، ތާލިބާނުންގެ ބާރު ކަނޑުވައިނުލެވޭ ކަން، އެމެރިކާގެ އަސްކަރިއްޔާ އަށް ވެސް އަދި ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ވެސް އެނގޭނެ އެވެ.

އެހެންކަމުން، އަފްގާނިސްތާނުން ސިފައިން ބޭލިކަމުގައި ވިޔަސް، ތާލިބާނުންގެ ޓެރަރިސްޓް އަމަލުތަކަށް ރައްދެއް ދޭން ޖެހިއްޖެ ހާލަތެއްގައި ފަސޭހައިން އެކަން ކުރެވޭނެ ގޮތެއް ހޯދަން އެމެރިކާ ބޭނުންވެ އެވެ. އެކަމަށްޓަކައި، އަފްގާނިސްތާނާ ކައިރި ހިސާބެއްގައި އެމެރިކާ ސިފައިންނަށް ތިބޭނެ ގޮތެއް ވޭތޯ އެމެރިކާ ސަރުކާރުން އަންނަނީ ބަލަމުންނެވެ.

އެކަމަށް އެންމެ އެކަށީގެންވާ ތަނަކަށް އޮތީ ޕާކިސްތާނެވެ. ނަމަވެސް ޕާކިސްތާނުން ފާޅުގައި ބުނަމުން އެދަނީ، އަވައްޓެރި ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލާ ދެކޮޅަށް ހަމަލާ ދިނުމަށް، ޕާކިސްތާނުގެ ބިން ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ.

ދެން އޮތީ އަފްގާނިސްތާނުގެ އުތުރުން އޮތް ތަޖިކިސްތާނާއި ހުޅަނގު އުތުރުގައި އޮތް ތުރުކުމެނިސްތާނާއި ހުޅަނގުގައި އޮތް އީރާނެވެ. އީރާނަކީ އެމެރިކާގެ ޒަމާންވީ ޒާތީ ދުޝްމަނަކަށް ވާތީ، ހަމަ ގައިމު ވެސް އެމެރިކާގެ އަސްކަރީ މަރުކަޒެއް، ހުވަފެނުން ވެސް އީރާނުގެ ބިމެއްގައި ގާއިމެއް ނުކުރެވޭނެ އެވެ. ދެން އޮތް ތަޖިކިސްތާނާއި ތުރުކުމެނިސްތާނަކީ ރަޝިޔާގެ ނުފޫޒުގެ ތެރޭގައި އޮތް ދެ ގައުމު ކަމަށްވާތީ، އެއިން ގައުމަކާ ގާތް ވުމަކީ އެމެރިކާ އަށް ކުރެވޭނެ ކަމެއް ނޫނެވެ.

އަފްގާނިސްތާނުގައި ތާލިބާން ޖަމާއަތުގެ ބާރު ގަދަވުމަކީ، ޕާކިސްތާނަށް ވެސް ކުރިމަތިވާ ގޮންޖެހުމަކަށް ވާއިރު، ތާލިބާނާ ދެކޮޅަށް ހަމަލާ ދިނުމަށް އެމެރިކާ ސިފައިން، ޕާކިސްތާނުގައި ބޭތިއްބުމުގެ ހުއްދަ ނުދިނުމުން އެނގެނީ، ޕާކިސްތާނުން ވެސް އެމެރިކާ އަށް އިތުބާރު ނުކުރާ ކަމެވެ.

ސަބަބަކީ، ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި އަފްގާނިސްތާނުގައި ސުލްހަ ގާއިމުކޮށްނުދެވުމެވެ. އަފްގާނިސްތާނު ރައްޔިތުންނަށް ހަމަޖެހުމާއި އަމާންކަން ކަށަވަރުވާ ފަދަ ސިޔާސީ މާހައުލެއް ގާއިމުކޮށްދިނުމުގައި ވެސް، އެމެރިކާ ފެއިލްވުމެވެ.