15 އޯގަސްޓް 2021 - 11:29

އަލިފާން ނިއްވައި ތަކެތި ރައްކާކުރާ ގުދަނެއްގައި، އަލިފާން ނިއްވާ ގޭސް ފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މާފަންނުގައި ހުރި ގުދަނެއްގައި މިއަދު ހެނދުނު ގޮވީ އެފްއެމް200 ގެ ސިލިންޑަރެކެވެ. އެއީ އަލިފާން ނިއްވުމުގައި ބޭނުންކުރާ ގޭހެކެވެ.
އެމްއެންޑީއެފުން ބުނީ ގޭސްފުޅި ގޮވުމުގެ ސަަބަބުން ދިވެއްސަކާއި ބިދޭސީއަކަށް އަނިޔާވި ކަމަށާއި އޭގެ ތެރެއިން ބިދޭސީ މީހާއަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އަނިޔާވި މީހުންނާ ބެހޭ ގޮތުން ހޮސްޕިޓަލުން އަދި މައުލޫމާތެއް ނުލިބެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.