15 އޯގަސްޓް 2021 - 10:24

ރާއްޖޭގެ ޕެނަސޮނިކްގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓާ ރަންފައުނުން ޕެނަސޮނިކްގެ އެންމެ ފަހުގެ އެއާ ކޮންޑިޝާނާ ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ޕެނަސޮނިކްގެ މި މޮޑެލްއަކީ ނެނޯއީ އެސް އެއާ ޕިއުރިފިކޭޝަން ސިސްޓަމް ހިމެނޭ އޭސީއެކެވެ. މިއީ މިހާތަނަށް އޭސީއެއްގައި ހިމެނި އެންމެ ފުރިހަމަ އަދި އެންމެ ވަރުގަދަ އެއާޕިއުރިފިކޭޝަން މޮޑެލް އެވެ. ނެނޯއޯ އެސް އެއާ ޕިއުރިފިކޭޝަން އަކީ ވައިގެ ތެރޭގައި އުޅޭ ބެކްޓީރިއާ އަދި ވައިރަސް ފަދަ ތަކެތި ނައްތާލުމުގެ ގާބިލްކަން ހުރި ޓެކްނޮލޮޖީއެކެވެ.
މި ޓެކްނޮލޮޖީއާ ގުޅޭގޮތުން ފްރާންސްގެ އެންމެ ބޮޑުއެއް ލެބޯރެޓަރީ، ޓެކްސެލް އިން މުހިއްމު ދިރާސާތަކެއް ވަނީ ހަދައިފަ އެވެ. މި އެއާ ޕިއުރިފިކޭޝަން ސިސްޓަމުން ކޮވިޑްގެ ވައިރަސް އާއި އެފަދަ އެހެން ބަލިތަކުގެ ވައިރަސްތައް ފަސޭއިން ނައްތާލެވޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. އަދި އެކަމުގެ ޔަގީންކަން ދީ، ހާއްސަ ސެޓފިކޭޝަން ޕެނެސޮނިކްގެ އޭސީއަށް ދީފައިވެ އެވެ.
މި ހާއްސަ ޓެކްނޮލޮޖީއަށް ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި މަގްބޫލުކަން އިތުރުވެ، ޖަޕާން ފަދަ ގައުމުތަކުގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ޕަބްލިކް ޓްރާންސްޕޯޓްގެ އުޅަނދުތަކުގައި ބޭނުންކުރެ އެވެ.
ވައި ސާފުކޮށްދިނުމުގެ އިތުރުން މި އޭސީ އަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނަ ކަރަންޓް ހަރަދު އެންމެ ކުޑަ އޭސީ އެވެ.
މި އޭސީ ރަންފައުންގެ މަޖީދީމަގު ފިހާރައިން ލިބޭނެ އެވެ. އަދި ރަންފައުންގެ ވެބްސައިޓް www.ranfaun.com މެދުވެރިކޮށް ވެސް ތަކެތި ގަނެވޭނެ އެވެ. ރަންފައުނުން ބުނީ އޮންލައިންކޮށް ގަތުމުން ބޯޓުތަކަށް ޑެލިވަރީގެ ހިދުމަތް ވެސް ދެމުން އަންނަ ކަމަށެވެ.