އާމިރުގެ ކޮއްކޮ ޑައިރެކްޓްކުރި ފިލްމު އަންނަ މަހު
އާމިރުގެ ކޮއްކޮ ޑައިރެކްޓްކުރި ފިލްމު އަންނަ މަހު

މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅުނު ފުރަތަމަ ފިލްމު "ފާކްޓްރީ" އަންނަ މަހުގެ 3 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ދެހާސް އަށާރައިގައި މަސައްކަތް ފެށި މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ. ފައިސަލްގެ އަޑުން ލަވައެއް ވެސް ކިޔާފައިވާ "ފާކްޓްރީ" ގެ ކާސްޓްގައި ރޯލީ ރަޔަން، ރާޖް ކުމާރު ކަނޯޖިޔާ، ރިބޫ މެހެރާ، ޝަރަދު ސިންގް އަދި އާޝާ ސިންގް ހިމެނެ އެވެ.

އަމިއްލަ އަށް ފިލްމެއް ޑައިރެކްޓްކޮށް، ކުޅުނު އިރު ފައިސަލަކީ ބޮލީވުޑަށް ނުކުތް ނަމަވެސް ބެލުންތެރިން ބަލައިނުގަތް އެކްޓަރެކެވެ. ކެރިއަރުގެ ވަރަށް ކުރީކޮޅުގައި އޭނާ އަށް ފުރުސަތު ލިބުން ހުއްޓި، ބޮލީވުޑާ ވަރަށް ދުރުވި އެވެ.

މިހާރު އުމުރުން 54 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ 2018 ގެ "ކޮންޓްރެކްޓް" އިންނެވެ. އޭނާ ލީޑް އެކްޓަރެއްގެ ގޮތުގައި ކުޅުނު ފުރަތަމަ ފިލްމަކީ 1994 ގެ "މަދުހޯޝް" އެވެ. އޭގެ ފަހުން ބޭބެ އާމިރާ އެކު 2000 ވަނަ އަހަރުގެ "މޭލާ" ގައި މަސައްކަތްކުރި އެވެ.

ފައިސަލް ފިލްމެއް ޑައިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވި އިރު، ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު ވެސް ފިލްމެއް ޑައިރެކްޓްކޮށްފައިވެ އެވެ. އޭނާ ރޯލެއް ވެސް ކުޅުނު އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ 2007 ގެ "ތާރޭ ޒަމީން ޕަރު" އެވެ.