ކޮވިޑުން 300 އަށް ވުރެ ގިނަ މީހުން ރަނގަޅުވެ، އެކްޓިވް ކޭސްތައް މަދުވެއްޖެ
ކޮވިޑުން 300 އަށް ވުރެ ގިނަ މީހުން ރަނގަޅުވެ، އެކްޓިވް ކޭސްތައް މަދުވެއްޖެ

ކޮވިޑު-19 އިން 350 އަށްވުރެ ގިނަ މީހުން ރަނގަޅުވެ، އެ ބަލީގެ އެކްޓިވް ކޭސްތައް ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 5،048 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން، މާލެ ސަރަހައްދުން 30 މީހަކާއި އެކި ރަށްރަށުން 66 އަދި ރިސޯޓުތަކުން ބަލި ޖެހުނު 29 މީހަކާއެކު މުޅި ޖުމްލަ 125 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

ހަމައެއާއެކު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 356 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އެހެންވެ، އެ ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު 2،090 އަށް ތިރިވެފައި ވެ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 22 މީހަކަށް މި ވަގުތު ފަރުވާދެ އެވެ.

ރާއްޖޭގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށްފަހު މިހާރު ވަނީ ކޮވިޑު ކޮންޓްރޯލްކުރެވިފަ އެވެ. އެއާއެކު، ބަލިން ދިފާއުވުމަށް ފަށާފައިވާ ވެކްސިންގެ ބޮޑު ޕްރޮގްރާމާއެކު ނިއު ނޯމަލަށް ދިއުމަށް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާނަމަ ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރުން ހިމެނެ އެވެ.