ދިރާގު "ސަޅި ޕްރިޕެއިޑް" ޕްލޭން ތައާރަފުކޮށްފި
ދިރާގު "ސަޅި ޕްރިޕެއިޑް" ޕްލޭން ތައާރަފުކޮށްފި

ދިރާގުން އާ ޕްރިޕެއިޑް ޕްލޭންތަކެއް ތައާރަފުކޮށްފި އެވެ.

ކަސްޓަމަރުންނަށް އިތުރު ފައިދާ އާއި ލުއި ފަސޭހަ ހޯދައި ދިނުމަށް "ސަޅި ޕްރީޕެއިޑް" ގެ ނަމުގައި ތައާރަފުކުރި މި ހާއްސަ ޕްރީޕެއިޑް ޕްލޭންތަކުން އެއް ފަހަރު އެކްޓިވޭޓް ކޮށްލައިގެން އެއް ހަފުތާ، ދެ ހަފުތާ ނުވަތަ އެއް މަސް ދުވަހަށް ކޮންމެ ދުވަހަކު އެއް ޖީބީ ޑޭޓާ އާ ވާނެ އެވެ. މި ޕްރިޕެއިޑް ޕްލޭންގެ ދަށުން 145ރ. އިން ފެށިގެން "ސަޅި ޕްރީޕެއިޑް" ގެ ޕްލޭންތައް ނެގޭނެ އެވެ.

ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަން-ލިމިޓެޑް ކޮށް މީހުންނަށް ގުޅައިލެވޭނެ އެވެ.

ދިރާގުގެ އާ ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ، އެއް އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެކެވެ.

"ސަޅި ޕްރީޕެއިޑް" ތައާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް އޮފާއެއް އެއްވެސް ހުޅުވާލައިފަ އެވެ. "ސަޅި ވީކްލީ" އަދި "ސަޅި ދެ ވީކްސް" ޕްލޭނުން ކަސްޓަމަރުންނަށް އަންނަ މަހުގެ 12 އާ ހަމައަށް އެއް ޖީބީގެ ބަދަލުގައި ދެ ޖީބީގެ ޑޭޓާ ކޮންމެ ދުވަހަކު ލިބޭނެ އެވެ.

ދިރާގުގެ ކޮންޒިއުމާ ޕްރިޕެއިޑް އައިޝަތު އިޝާނާ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން އެ ބަދަލުތައް ގެނައުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިރާގުން މި ފަހަރު ތައާރަފުކުރީ މުޅި މަހަށް ބަހާލާ ނަމަ މާކެޓްގައި ލިބޭނެ އެންމެ ހެޔޮ އަގުގެ ޕްރީޕެއިޑް ޕްލޭނެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕްލޭން އެކްޓިވޭޓް ކުރެވޭނެ އެވެ.