ދެ ރަށެއްގެ ސްކޫލްގެ ކްލާސްރޫމްގެ ބާކީ މަސައްކަތްތައް ފަސް މިލިއަނަށް ބަޔަކާ ހަވާލުކޮށްފި
ދެ ރަށެއްގެ ސްކޫލްގެ ކްލާސްރޫމްގެ ބާކީ މަސައްކަތްތައް ފަސް މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

ކ. ހުރާ އާއި ހދ. ނެއްލައިދޫ ސްކޫލްގެ ކްލާސްރޫމް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހުރާ ސްކޫލް ހަ ކްލާސްރޫމް އިމާރާތުގެ ނުނިމި ހުރި މަސައްކަތާއި ނެއްލައިދޫ ސްކޫލު ދެ ކްލާސްރޫމް އިމާރާތުގެ ބާކީ މަސައްކަތްތައް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ހުރާ ސްކުލޫގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ތިން މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތްތައް 111 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ނެއްލައިދޫ ސްކޫލުގެ ނުނިމި ހުރި މަސައްކަތް ހަވާލުކުރީ 87 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 1.8 މިލިއަން ރުފިޔާ އަށެވެ.