ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް
ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް

އެކި ކުދިން ހުވަފެން ދެކެނީ އެކި ކަންކަމަށެވެ. ކުރިއަށްދާން ބޭނުންވާ ރޮނގު ވެސް ތަފާތެވެ. މަރްޔަމް ސޮފްވާ ހަސަން (ސޮއްފަ) ގެ ހުވަފެނަކަށްވީ ވެސް އަޒުމު ކަނޑައެޅީ ވެސް ބާސްކެޓްބޯޅަ ކުޅުންތެރިޔަކަށް ވާށެވެ.

ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް
ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް

ސޮއްފަ އިމާދުއްދީން ސްކޫލުގައި އެކުގައި އުޅުނު އެހެން ކުދިން ވެސް އެކި ޕްރޮފެޝަނަލިސްޓުންނަށް ވާން ބޭނުންވާ ވާހަކަ ކްލާހުގައި ދައްކާތީ އިވެ އެވެ. އެކަމަކު އެކަމަކު ސޮއްފަ އޭނާގެ ވާހަކަ މިއަދު ކިޔައިދޭއިރު ފާހަގަވާ ކަމަކީ އިނގިލިން ގުނާލެވޭހާ މަދު އަދެއްގެ ކުއްޖެއް ފިޔަވައި އޭރު އަޒުމު ކަނޑައެޅި ދާއިރާއިން ކުރިއަށްނުދާ ކަމެވެ. ސޮއްފަ ހުރީ މި މަދު މީހުންގެ ލިސްޓުގަ އެވެ. އޭގެ ތެރެއިން ވެސް އެންމެ އުހަށް އަރައި ހުރި ތަރި އަކީ ސޮއްފަ އެވެ. އޭނާ އަޒުމު ކަނޑައެޅި ގޮތަށް އޭނާ ވީ ބާސްކެޓްބޯޅަ ކުޅޭ ކުޅުންތެރިޔަކަށެވެ.

ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް
ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް

އެކަމަކު އެއީ ސޮއްފަގެ ބޮޑު ނިންމުމަކާއި އެއަށްވުރެ ބޮޑު ގުރުބާނީއެއްގެ ނަތީޖާ އެވެ. ތައުލީމީ ހަޔާތުގައި އޭނާ ނެގި ރިސްކް ބޮޑެވެ.

ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް
ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް

ސޮއްފަ ސްކޫލްގައި އުޅުނު އިރު ހޯދި މަގާމެއްގެ އިނާމަކަށް އެމެރިކާގެ ޓްރޭނިން ޕްރޮގްރާމެއް ލިބުނެވެ. އެކަމަކު އެ ޓްރެއިނިންއަށް ދާން ޖެހުނީ އޯ ލެވެލް އިމްތިހާނާ ދިމާވާ ގޮތަށެވެ. ޓްރޭނިން ކޭމްޕަށް ދާ ނަމަ ބިޒްނަސް ޓެސްޓުގައި ބައިވެރިއެއް ނުވެވެ އެވެ. ބޮޑު ނިންމުމެއް ނިންމަން އޭނާ އަށް އޮތީ ޖެހިފަ އެވެ. އެމެރިކާގެ ޓްރޭނިން ކޭމްޕުގެ ފުރުސަތުގެ ވެސް އޭނާ ބޭނުންވި އެވެ. އާއިލާއިން ބޭނުންވީ ޓްރެއިނިން ކޭމްޕަށް ނުގޮސް ޓެސްޓުގައި ބައިވެރިވާށެވެ. ޓްރޭނިން ކޭމްޕާއި އާއިލާ އެދޭ ގޮތާ ދެމެދު ސޮއްފަގެ ހިތާއި ސިކުނޑި ތާށިވެ ދެން ކުރިމަތިވި އިމްތިހާނު މާ ބޮޑުވި އެވެ.

ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް
ސޮއްފަ: ކުޅިވަރަށްޓަކައި ގުރުބާން ނުކުރާ ކަމެއް ނެތް

އިންޓަ ސްކޫލް މުބާރާތުގައި އެންމެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުމުން ލިބުނު ޓްރެއިނިންގެ ފުރުސަތު ދޫކޮށްލައިފި ނަމަ އެއީ އަލުން ހޯދޭ ކަހަލަ ފުރުސަތެއް ނޫނެވެ. އެކަމަކު އާއިލާ ރުހުމާ ނުލައި އެކަން ކުރެވޭކަށް ވެސް ނެތެވެ. އެއީ އާއިލާ އަށް ކުރިމަތިވި ވަރަށް ޖަޒުބާތީ ވަގުތެކެވެ. ޓެސްޓް ދޫކޮށްލާފައި އޭނާ ދާން އާއިލާއިން ގަބޫލެއް ނުވި އެވެ.

"އެއީ ވަރަށް ވަރަށް ރޮވުނު ދުވަހެއް،" ސޮއްފަގެ ބޮޑު ނިންމައި އައި ގޮތުގެ ފެށުން އޭނާ ކިޔައިދިނެވެ.

ސޮއްފަ ބުނީ އެހާ ގިނައިން ރުއި ދުވަހެއް ހަނދާނުގައި ނެތް ކަމަށެވެ. ސޮއްފަ ބޭނުންވާ ގޮތް އާއިލާ އަށް އަށް ވިިސްނައިދެވޭނެ ފަސޭހަ ގޮތެއް އޭނާއަކަށް ނުހޯދުނެވެ. ރުއިން ނޫން ކަމެއް ނުކުރެވުނެވެ.

އެކަން އޭނާގެ މައިންބަފައިންނަށް ވިސްނައިދިނީ އޭނާގެ ކްލަބު، ސައިކްލޯންގެ ކޯޗު އަހްމަދު ނަޒީފެވެ. ބާސެކްޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން ދިން ޓްރޭނިން ސްކޮލާޝިޕުގައި ދާން ސޮއްފަގެ އާއިލާ އިން އެންމެ ފަހުން އެއްބަސްވި އެވެ. އާއިލާގެ ރުހުން ލިބި އެމެރިކާ އަށް ކުރި ޓްރޭނިން ދަތުރުވީ ސޮއްފަގެ ބާސްކެޓްބޯޅައިގެ ކެރިއަރު ގިނަ ކަންކަމަކަށް ލޯ ހުޅުވައިދިން ދަތުރަކަށެވެ.

ބާސްކެޓްބޯޅައިގެ ތެރެއަށް ވަދެވުނީ ވެސް އެކަހަލަ ޗެލެންޖެއްގެ ތެރެއިންނެވެ. އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތަށް އިމާދުއްދީން ސްކޫލްގެ ޓީީމު އެކުލަވާލަން ކުދިން ނެގިއިރު އެ ޓީމުގައި އެންމެ ހަގު ކުއްޖަކަށް ހުރީ ވެސް ސޮއްފަ އެވެ. އޭނާ ހަގުކަމުން ޓީމަށް ނުނަގާނެ ކަމަށް ވެސް ބައެއް އެހެން ކުޅުންތެރިން ބުންޏެވެ. އެކަމަކު އެއީ އޭނާގެ އުންމީދުތައް މާ މައްޗަށް ދިޔަ ނުދޭން ބުނި ވާހަކައެއް ކަމަށް ވެސް ވެދާނެ އެވެ.

"އެންމެން ބުނަނީ އަދި ގްރޭޑް ހައެއްގައި ނޫންހޭ ތި އުޅެނީ. މިތާ މި ތިބީ ހުސް 8 އަދި 7 ގެ ކުދިންނޭ އެހެންވީމަ އެހާ ހައި ހޯޕްސް ނުގެންގުޅެއްޗޭ. ޓީމަށް ނާރަފާނޭ،" މިހާރު އުމުން 22 އަހަރުގެ ސޮއްފަ ކިޔައި ދިނެވެ. "އެހެން ބުނި މީހުން ނުވެސް އަރާ ޓީމަށް އަސްލު. އެކަމަކު ސޮއްފަ އެކަނި ގްރޭޑް 6 އިން ޓީމަށް އެރީ ވެސް."

ރާއްޖޭގެ ހާލަތަށް ބަލާއިރު ކުޅިވަރުން އެކަނި އާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތެވެ. އެ ހާލަތު ބަދަލުވާން ވެސް ޖެހެ އެވެ. ސޮއްފަގެ ކެރިއާ ވެސް ގުޅިފައި އޮތީ ކުޅިވަރަށެވެ. އަމީނިއްޔާ ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުގައި އޭނާގެ މަސައްކަތް އޮތީ ބިނާ ވެފަ އެވެ. އޭގެ ފަހުގައި ޖިމް އަދި ޕްރެކްޓިހެވެ. ދިރިއުޅުމުގެ ހުރިހާ ވަގުތެއް އޭނާ ބިނާކޮށްފައި އޮތީ ކުޅިވަރަށެވެ. އެއީ އާއިލާއިން ވާރުތަވި ސިފަ އެކެވެ. ބައްޕަ ހަސަން މުފީދު އާއި ބޮޑުބޭބެ އަބްދުﷲ މުފީދަކީ ވިކްޓަރީ ސްޕޯޓްސް ކުލްބުގެ ރަން ޒަމާނުގައި އެ ކްލަބަށް އެކުގައި ކުޅުނު ދެބެއިންނެވެ. ބައްޕަ ކުޅުނު މަންޒަރު ސޮއްފައަކަށް ނުފެނެ އެވެ. އެކަމަކު އޭނާގެ ފޮޓޯ އަލްބަމުގައި، ބައްޕަ ކުޅުނު ދުވަސްވަރުގެ ފޮޓޯތައް ރައްކާކޮށްފައި އެބަހުއްޓެވެ.

އިންޓަ ސްކޫލުގައި އޭނާ ކުޅުނު ޓީމަށް މާބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އެ މުބާރާތުގައި 2010 އަދި 2011 ގައި އެއްވެސް މެޗަކުން އޭނާގެ ޓީމު މޮޅެއް ނުވި އެވެ. އެއީ އޭނާ މާޔޫސްވި ކަމަކަށް ނުވި އެވެ. ކުޅުން ހުއްޓާލުމުގެ އެއްވެސް ހިޔާލެއް އޭނާ ނުކުރެ އެވެ.

"އައި އެމް ނޮޓް ކުއިޓާ. އެއްގޮތަކަށް ވެސް ހިތަކަށް ނާރާ ހުއްޓާލަނަމެކޭ. އެކަނި ހިތްވަރުކޮށްގެން ވެސް ކުޅެން ހުރީ،" ސޮއްފަ ބުންޏެވެ. "އެގޮތަށް ވިސްނީމަކަންނޭންގެ ސޮއްފަ އަށް މިއަދު މި ހުރެވުނީ. އޭރު ކުޅުނު އިތުރު އެހެން ކުއްޖަކު މިހާރު ނޫޅެ. ސޮއްފަ އެކަނި ހުރީ."

ގައުމީ ޓީމަށް ކުޅުމާއި ގައުމީ ޓީމާ އެކު ކާމިޔާބީ ހޯދުން އެއީ ސޮއްފަ އެންމެ އިސްކަން ދިން ކަންތަކެވެ. އޭނާ އެންމެ އިސް ކުރީ ވެސް ގައުމީ ޓީމުގެ ފުރުސަތެވެ. މަތީ ތައުލީމުގެ މަރުހަލާގައި އެކައުންޓިން އަދި ފައިނޭންސް ދާއިރާއިން ކިޔަވަން ފަށައިފައި ވަކި ހިސާބަކުން ކޯސް ހުއްޓާލާފައި ދިޔައީ ގައުމީ ޓީމުން އަލަށް ފުރުސަތު ލިބުމުންނެވެ. އެންމެން ވެސް އަހާ އަދި ކުރާ ސުވާލަކީ އެހާ ފުރުސަތު ބޮޑު ދާއިރާއަކުން ކިޔަވަމުން ގޮސް ކޯސް ހުއްޓާލާފައި ދިޔައީ ކީއްވެތޯ އެވެ.

ޖަވާބު ސާފެވެ. އެކި މީހުން ގައުމަށް ހިދުމަތްކުރާނީ އެކި ގޮތަށެވެ. އެއް ބަޔަކު ކިޔަވައިގެން ސިވިލް އަދި ޓެކްނިކަލް މަގާމުތަކުގަ އެވެ. އަނެއް ބަޔަކު ކުޅިވަރުގައި ގައުމީ ތަމްސީލުކުރުމުގަ އެވެ.

"ބާސްކެޓްބޯޅަ އަށް ސޯ މެނީ ސެކްރިފައިޒް އަދި ސޮއްފަ ބޭނުންވި ސެކްރިފައިޒް ވެގެން ވެސް ކުރިއަށް ދާން."

އޯލެވެލް ބިޒްނަސް އިމްތިހާން ކަޓުވާލާފައި އެމެރިކާގެ ޓްރޭނިން ކޭމްޕަށް ދިއުމާއި ހަދަމުން ދިޔަ ކޯސް ހުއްޓާލާފައި ގައުމީ ޓީމަށް ދިއުމަށް ސޮއްފަ ވީ ގުރުބާނީ އަކީ އޭނާގެ ކެރިއާގައި ލިބުނު އެންމެ ބޮޑު އެކްސްޕޯޝާ އެވެ. ދުނިޔޭގެ ބާސްކެޓްބޯޅައިގެ ހަބް އެމެރިކާއަށް ކުރި ދަތުރަކީ ޓްރޭނިން ފުރުސަތުގައި އޭނާ އަށް މިހާތަނަށް ކުރެވުނު އެންމެ ރަނގަޅު ތަޖުރިބާ އެވެ. ވޮޝިންޓަނަށް ކުރި ދަތުރަކީ ބާސްކެޓްގެ ގިނަ ކަންކަންމެއް ދަސް ކުރަން ލިބުނު ފުރުސަތަކެވެ.

އެމެރިކާގެ ބާސްކެޓްބޯޅަ ލީގު އެންބީއޭ އަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅިވަރުގެ އެއް ލީގެވެ. އެ ލީގުގައި ވާދަ ކުރާ ވޮޝިންޓަން ވިޒާޑް އާއި ޑަލަސް މާވްރިކްސް ކުޅުނު އެންބީއޭ މެޗެއް ބަލައިލުމާއި ވޮޝިންޓަން ވިޒާޑް ޕްރެކްޓިސް ކުރި ގަޑީގައި ކޯޓަށް ގޮސް ޕްރެކްޓިސް ބަލާލަން ލިބުނު ފުރުސަތަކީ ސޮއްފަ އަށް ބާސްކެޓްގެ އާ ދުނިޔެއަށް ލޯ ހުޅުވުން ފަދަ ކަމެކެވެ.

"އެއީ ވަރަށް ސަޅި އެކްސްޕީރިއަންސެއް، އެ ކޮމްޕެއާ ވެސް ނުކުރެވޭނެ،" ޗައިނާ، އިންޑިއާ އަދި ނޭޕާލް ސްރީ ލަންކާގައި ވެސް ބާސްކެޓް މެޗުތައް ކުޅުނު ސޮއްފަ އެމެރިކާގެ ތަޖުރިބާ ކިޔައި ދިނެވެ. "ޕްބަލިކް ހައި ސްކޫލަށް ގެންގޮސްފައި ދެން އުޅެން ޖެހޭނީ އެކޮޅުގައި އެ ސްކޫލް ބާސެކްޓްބޯޅަ ޓީމުގައި ކުޅޭ ކުއްޖަކާ އެކު އޭނާ އޫޅޭ ކުްލަހާށް ކިޔަވަސް ގޮސް ބާސްކެޓް ލައިފް އެމީހުން ހޭދަކުރާ ގޮތް އެކްސްޕްލޯ ކޮށްލަން ފުރުސަތު ލިބުނު. ދެން އަނެއް ދުވަހު ޕްރައިވެޓް ސްކޫލްކަށް ހަމަ އެގޮތަށް ދެ ދުވަހު ވެސް ނިންމާފައި އެމީހުން ސްކޫލް ޓީމާ އެކު ޕްރެކްޓިސް ކުރަން ލިބުނު."

ގައުމީ ޓީމުން ފުރަތަމަ ލިބުނު ފުރުސަތުގައި ކޯސް ދޫކޮށްލާފައި ދާން ނިންމި ނިންމުމަކީ ވެސް ބޮޑު ގުރުބާނީ އެކެވެ. އެ ގުރުބާނީގެ އަގު ލިބުނީ މެޑަލް އަކުންނެވެ. ނޭޕާލްގައި 2016 ގައި ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިިޕުގައި ރާއްޖެއިން މުބާރާތުގެ ތިން ވަނަ ހޯދައި ލޯ މެޑަލް ހޯދި އެވެ. ގައުމީ ޓީމަށް ދެ މެޑަލް ހޯދައިދޭން ފުރުސަތު ލިބުނު ކުޅުންތެރިންގެ ތެރޭގައި ސޮއްފަ ހިމެނުނެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ލޯ މެޑަލް ހޯދިއިރު ވެސް އެ ޓީމުގައި ސޮއްފަގެ ހިމެނުނެވެ.

ސޮއްފަގެ ކެރިއާގައި އަދި ގިނަ ކަންކަމެއް އެބަހުއްޓެވެ. އަބަދުވެސް ދަސްކޮށް ކުރިއަރުވައި ކުޅުމުގެ ފެންވަރު އިތުރުކުރަން ޖެހޭ ކަންތަތަކެވެ. އޭނާ އެކަން އެކަންކަން ވެސް ކުރާނެ އެވެ. ބޮޑެތި ކަންތައްތަކުގެ މައްޗަށް ބާސްކެޓްބޯޅަ އިސްކޮށް އެކަން ސާބިތު ވެސް ކޮށްދީފި އެވެ.