ޓްރީ ޓޮޕްގައި ތުއްތު ކުއްޖެއްގެ ޑީޑީއެޗް ސާޖަރީއެއް ކާމިޔާބުުކަމާ އެކު ކޮށްފި
ޓްރީ ޓޮޕްގައި ތުއްތު ކުއްޖެއްގެ ޑީޑީއެޗް ސާޖަރީއެއް ކާމިޔާބުުކަމާ އެކު ކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮންޖެނިޓަލް ހިޕް ޑިސްލޮކޭޝަން (ޑީޑީއެޗް) ސާޖަރީއެއް ކޮށްފި އެވެ.

އެ ހޮސްޕިޓަލުން މި އޮޕަރޭޝަން ކުރީ، ދުވަސް ނުފުރާ ވިހަން ޖެހުނު އަދި "ޑިވެލޮޕްމަންޓް ޑިސްޕްލާޝިއާ އޮފް ދަ ހިޕް" (ޑީޑީއެޗް) ގެ އިތުރުން އުފެދުމުގައި ހުރި ތަފާތުތަކެއް ނުވަތަ އެބްނޯމެލިޓީސްތަކެއް ހުރި ތުއްތު ކުއްޖެއްގެ އެވެ.

ޑީޑީއެޗް އަކީ އުފެދުމުގައި ޅިނދުކަށިގަނޑުގައި ހުންނަ މައްސަލައަށް ކިޔާ ނަމެކެވެ. މި ބައްޔަކީ އެކި ކުދިންގެ ގައިން އެކި މިންވަރަށް ފާހަގަވާ ބައްޔެކެވެ. އަދި މި ބަލި ވީހާ ވެސް އަވަހަކަށް ދެނެގަނެ ފަރުވާދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ޑީޑީއެޗް ޑައިގްނޯޒް ނުކުރެވި ހުންނަ ނަމަ ބަލީގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. އޭގެތެރެއިން ޅިނދުކަށިގަނޑުގެ ހުޅުތައް މަސައްކަތްކުރުމުގައި އެކި މައްސަލަތައް ދިމާވެ އެވެ.

އެ ހޮސްޕިޓަލުން މީގެ ކުރިން ވެސް ވަނީ ޑީޑީއެޗް ސްކްރީން ޕްރޮގްރާމެއް ހިންގައިފަ އެވެ. އަދި މި ފްރޮގްރާމުގެ ދަށުން، ޑީޑީއެޗް ހުންނަ ކުދިން ފާހަގަކޮށް އެ ކުދިންނަށް އެންމެ ޒަމާނީ މަތީ ފެންވަރުގެ އަވަސްފަރުވާ އެ ހޮސްޕިޓަލުން އަންނަނީ ދެމުންނެވެ.

އޮޕަރޭޝަން ކުރި ތުއްތު ކުއްޖާއަށް މި ފަރުވާ ދޭންޖެހުނީ އެ ކުއްޖާގެ ވަރަށް ބޮޑެތި ސިއްހީ ގޮންޖެހުންތަކެއް ހުރުމުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ވިހެއުމާ އެކު އެ ކުއްޖާ އަށް ވަނީ އިންޓެންސިވް ކެއާ އަދި ޕޯސްޓް ނޭޓަލް އެޑެޕްޓޭޝަންގެ ފަރުވާ ދީފަ އެވެ.

އެ ކުއްޖާއަށް ފަރުވާދިނީ ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. ހުސެއިން ފައިސަލް، ކޮންސަލްޓަންޓް ނިއޯނޭޓޮލޮޖީ ޑރ. އިންގްރިޑް މޮނަރޯވާ، އަދި ކޮންސަލްޓަންޓް އެނެސްތީޒިއޮލޮޖީ ޑރ. ވޮރެން ކަބާލާ އިސްކޮށް ހަރަކާތްތެރިވި އަދި ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.

ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކުގައި ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351610 ގުޅާލުމުން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.