12 އޯގަސްޓް 2021 - 10:33

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފި އެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގައި 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 1،238 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓާއި 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެ އެވެ.
ދާންދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 186.6 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެމްޓީސީސީން މިހާރު ވަނީ އެ ރަށަށް ގެންގޮސްފަ އެވެ.