12 އޯގަސްޓް 2021 - 00:41

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކޮށްގެން 100،000ރ. ގެ ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު އެފްއޭމުން ހުޅުވާލައިފި އެވެ.
މިއީ ދިވެހި ޕްރިމިއާ ލީގު ބާއްވަން ފެށިތާ 21 އަހަރުފަހުން އެ މުބާރާތުގެ ލޯގޯ ފަރުމާ ކުރަން އާންމުންނަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. ކުރިން ދިވެހި ލީގުގެގެ ނަމުގައި ބޭއްވި ލީގުގެ ނަމުގެ މެދުތރެއަށް "ޕްރިމިއާ" އިތުރުކުރުމަށް ފަހު ނަން ބަދަލު ކުރީ 2015 ގަ އެވެ.
އެފްއޭއެމުން މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓުގައި ބުނެފައި ވަނީ ދިވެހި ޕްރިމިއާ ލީގުގެ ބްރޭޑިން އާއި ލޯގޯ ފަރުމާ ކުރުމުގެ ކޮމްޕްޓީޝަން އަންނަ މަހުގެ 10 ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. ލޯގޯ ފަރުމާ ކުރުމަށް ފަހު އީމެއިލް ކުރަން ޖެހޭނީ[email protected]އަށެވެ.
ދިވެހި ޕްރިމިއާ ލީގު އެއް ސީޒަން 2019 އިން ފެށިގެން ކުރިއަށް ދަނީ މީލާދީ އަހަރުގެ ދެ އަހަރަށްވާގޮތަށެވެ. ދެ އަހަރު ފަހުން ޕްރިމިއާ ލީގަށް ބޮޑު ބަަދަލެއް އަންނާނެ އެވެ. އެއީ 2023-2024 ވަނަ އަހަރު ލީގު ކުރިއަށްގެންދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.