11 އޯގަސްޓް 2021 - 12:47

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަމާކެޓް "ރެޑް ވޭވް" އިން ސައުުތު އެފްރިކާގެ މަޝްހޫރު ބްރޭންޑްތަކެއް ބާޒާރަށް ނެެރެފި އެވެ.

ކަސްޓަމަރުން ގަޔާވާނެ ބްރޭންތަކެއް ނެރެމުން އަންނަ ރެޑްވޭވް އިން މި ފަހަރު ބާޒާރަށް ނެރެފައި ވަނީ ސައުތު އެފްރިކާގެ އޯމާ ރަސްކާއި އަދި ދުނިޔޭގެ ނަން ހިނގާ ޑޮރީޓޯސް، ލޭސް ފަދަ ބްރޭންޑްތަކެވެ.

އޯމާ ރަސްކު ބްރޭންޑުގެ ލުއި ކާނާގެ އިތުރުން، "އެނާގޭޑް" ސްޕޯޓްސް ޑްރިންކް ވެސް ރެޑްވޭވް އިން ލިބެން ހުންނާނެ އެވެ. ޔަމްޔަމް ޕީނަޓް ބަޓާ، ފަސްޓް ޗޮއިސްގެ ޑެއިރީގެ ބާވަތްތަކާއި މަނޯލީސް މަންޗީސްގެ އެކި ކަހަލަ ނަޓްސް އަދި ޑްރައިޑް ފުރުޓްސް ވެސް ލިބެން ހުންނާނެ އެވެ.

ސްކޫލު ކުދިންގެ އިންޓަވަލަށް ހާއްސަ ބުއިންތަކާއި ޔޯގަޓް އަދި ފްލޭވާޑް މިލްކް ވެސް މިހާރު ލިބެން އެބަހުއްޓެވެ.
ކޮލިޓީ ރަނގަޅު މޮޅު ބްރޭންޑްތަކެއް ތައާރަފް ކުރަމުންދާ ރެޑްވޭވް އިން އެދެނީ ވީހާވެސް ގިނަ ކަސްޓަމަރުން އެ ފިހާރަ އަށް ގޮސް އެ ކުންފުނިން ތައާރަފް ކުރި ސައުތު އެފްރިކާގެ ބްރޭންޑްތަކުގެ އަޖުމަ ބަލާލުމަށެވެ.