11 އޯގަސްޓް 2021 - 10:50

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.
މި މަޝްރޫއުގެ ދަށުން ބިން ކޮނުމަށް ފަހު ބިންގަނޑު އެއްވަރުކުރަން 5،000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށް 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހާފައިވެ އެވެ. އަދި 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓެކްސްޓައިލްސް ޖަހާފައިވެ އެވެ.
ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައި ވަނީ ފަސް މިލިއަން ރުފިޔާ އަށެވެ.