ކައިވެނި ރޫޅުނަސް ނިއޯމީ ވޮޓްސްގެ ހާސް ކަމެއް ނެތް
ކައިވެނި ރޫޅުނަސް ނިއޯމީ ވޮޓްސްގެ ހާސް ކަމެއް ނެތް

އެގާރަ އަހަރުވީ ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައި ވަނިކޮށް، ކައިވެނި ރޫޅުނަސް އެއްވެސް ހާސް ކަމެއް ނެތް ކަމަށާއި ދިރިއުޅުން ވަރަށް އުފާވެރި ކަމަށް ހޮލީވުޑްގެ ބަތަލާ ނިއޯމީ ވޮޓްސް ބުނެފި އެވެ.

ކައިވެނި ރޫޅުނަސް ނިއޯމީ ވޮޓްސްގެ ހާސް ކަމެއް ނެތް
ކައިވެނި ރޫޅުނަސް ނިއޯމީ ވޮޓްސްގެ ހާސް ކަމެއް ނެތް

"ދަ އިމްޕޮސިބަލް" އާއި "ދަ ރިންގް" އަދި "ޑަޔާނާ" ފަދަ ފިލްމްތައް ކުޅެފައިވާ، ނިއޯމީ އާއި އެކްޓަރު ލިއެވް ޝްރައިބާގެ ކައިވެނި ނިމުމަކަށް އައީގެ މީގެ ދެ މަސް ދުވަސް ކުރިންނެވެ.

ކައިވެނި ރޫޅުނަސް ނިއޯމީ ވޮޓްސްގެ ހާސް ކަމެއް ނެތް
ކައިވެނި ރޫޅުނަސް ނިއޯމީ ވޮޓްސްގެ ހާސް ކަމެއް ނެތް

އެ ދެ މީހުން ވަރިވި އިރު ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އެއީ އެލެގްޒެންޑާ، 9، އާއި ސެމުއެލް، 7، އެވެ.

ދަ ޑެއިލީ ޓެލެފްރާފް އޮސްޓްރޭލިއާ އަށް ނިއޯމީ ދިން އިންޓަވިއުއެއްގައި ބުނީ ކައިވެނި ރޫޅުނަސް، ދަރިންނާ އެކު އޭނާ އުޅެނީ ވަރަށް ހިތްހަމަޖެހިގެން އުފަލުން ކަމަށެވެ. އަދި ވަރިއަކާ ހަމައަށް ދާން ޖެހުމަކީ އެއްގޮތަކަސް ވެސް ނިމުން ނޫން ކަމަށް އޭނާ ބުންޏެވެ.

"ކޮންމެހެން މަޝްހޫރު މީހަކަށްވީމަ ނޫން ކަންނޭނގޭ ގިނަ މީހުންނަކީ އަބަދު ވެސް ބަދަލަކަށް ޖެހިލުންވާ ބައެއް،" 48 އަހަރުގެ ބަތަލާ ބުންޏެވެ. "އެކަމަކު އަހަރެންނަށް މި ބަދަލު އެއްގޮތަކަށް ވެސް ގޯހެއް ނޫން. ދަރިންނާ އެކު ވަރަށް ހިތްހަމަޖެހިގެން އުފަލުން މި އުޅެނީ."

ނިއު ޔޯކްގައި ނެޓްފްލިކްސްގެ ސީރިޒް "ގިޕްސީ" ގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ނިއޯމީ ބުނީ އޭނާ އަބަދު ވެސް ކަންކަމާ ދޭތެރޭ ދެކެނީ އުންމީދީ ނަޒަރަކުން ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

ނިއޯމީ އާއި ޝްރެއިބާގެ ކައިވެނި ރޫޅެން ދިމާވި ސަބަބަކާ ބެހޭ ގޮތުން މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ.

އަދި މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން "ސްޕޮޓްލައިޓް" ފަދަ ފިލްމްތައް ކުޅެފައިވާ ޝްރެއިބާ، 49، އަބަދު ވެސް އިންކާރު ކުރެ އެވެ.