10 އޯގަސްޓް 2021 - 15:39

އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން "ސެމިލީސް" ރެސްޓޯރެންޓުން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އޮފާގައި، ސެމިލީސް އިން ކުރާ އޯޑަރުތަކާ އެކު ހިލޭ ޕިއްޒާ އާއި ބާގާ އާއި ޑަމްޕްލިންސް އަދި ފްރޭންކީސް ލިބޭނެ އެވެ.
- ކޮންމެ ގްރިލްޑް ޗިކެންއަކާ އެކު ހިލޭ ޕިއްޒާ އަދި ފްރޭންކީސް ނުވަތަ ބާގާ އަދި ފްރޭންކީސް ނުވަތަ ޑަމްޕްލިންސް އާއި ފްރޭންކީސް.
- ކޮންމެ ފެމެލީ މީލްއަކާ އެކު ހިލޭ ޕިއްޒާއެއް
- ކޮންމެ "ފްރެންޑްސް" އަދި ފެމެލީ މީލްއަކާ އެކު ހިލޭ ޕިއްޒާއަކާއި ފްރޭންކީސް
- ކޮންމެ ތަންޑޫރު ފެމެލީ މީލްއަކާ އެކު ހިލޭ ޕިއްޒާއަކާއި ފްރޭންކީސް
- ކޮންމެ ޓިއްކާ ކޮމްބޯ މީލްއަކާ އެކު ހިލޭ ޕިއްޒާއަކާއި ފްރޭންކީސް
- ކޮންމެ ޓިއްކާ ޝެއަރިން މީލްއަކާއެކު ހިލޭ ޕިއްޒާއަކާއި ފްރޭންކީސް
މި އޮފާގެ ދަށުން އޯޑަރު ކުރެވޭނީ އުރީދޫ އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޮނުވާ މެސެޖު ދެއްކުމުންނެވެ. މި މެސެޖު އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.