10 އޯގަސްޓް 2021 - 11:46

ޕެރިސް (އޯގަސްޓް 10) - ލިއޮނެލް މެސީ، ޕީއެސްޖީ އަށް ސޮއިކޮށްފާނެ ކަމަށް ވާހަކަ ދެކެވެން ފެށުމާ އެކު ޕީއެސްޖީ ޖޯޒީގެ ޑިމާންޑް ބޮޑުވެއްޖެ އެވެ.
ބާސެލޯނާގެ ކުރީގެ ކެޕްޓަން، 21 އަހަރަށް ފަހު ވަނީ އެ ކްލަބު ދޫކޮށްލައިފަ އެވެ. މިހާތަނަށް އެއްވެސް ކްލަބަކާ ގުޅެން މެސީ އެއްބަހެއް ނުވެ އެވެ. އޭނާއާ ގުޅުވައި އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ޕީއެސްޖީ އާ އެވެ. އެޔާއެކު ކްރިޕްޓޯ މަނީ މެދުވެރިކޮށް ޕީއެސްޖީގެ ޖޯޒީގެ ގަންނަ މިންވަރު ވަނީ މައްޗަށް ގޮސްފަ އެވެ.
ކުޅިވަރުގެ ގިނަ އޮގަނައިޒޭޝަންތައް ލިސްޓުކޮށްފައިވާ ޕާޓްނާސް ޑޮޓް ކޮމްގެ ސީއީއޯ އެލެގްޒެންޑާ ޑްރައިފަސް ވިދާޅުވީ ޕީއެސްޖީގެ ފޭން ޓޯކަން ޕަސެންޓް ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. އެ ކުންފުޏަކީ ބާސެލޯނާ ޔުވެންޓަސް، ޕީއެސްޖީ، އޭސީ މިލާން، އެތުލެޓިކޯ މެޑްރިޑް، އާސެނަލް، މެންޗެސްޓާ ސިޓީ، ރޯމާ އަދި ގަލަޓަސަރާއީ ބޭނުން ކުރާ ޕްލެޓްފޯމެކެވެ.
ޗިލްޒް ކްރިޕްޓޯ އެކްސްޗޭންޖުން ބުނެފައި ވަނީ އެ ޕްލެޓްފޯމްގައި 29 ޑޮލަރަށް ހުރި ޕީއެސްޖީގެ މާޗެންޑައިޒްގެ އަގު 50 ޑޮލަށް އުފުލިފައިވާ ކަމަށެވެ.
ބާސާ އަށް މެސީ ބަދަލުވުމާ މެދު އަދި ވަކި ގޮތަކަށް އެއްބަސްވެފައެއް ނުވެ އެވެ. ޓްރާންސްފާ ޚަބަރުތައް ބުނާގޮތުން އެ ޑީލް އެހާ އަވަހެއް ނުވާނެ އެވެ. ޕީއެސްޖީން މެސީ އަށް ވެސް އިތުރު ވަގުތު ދޭނެ އެވެ. ޕީއެސްޖީ އަށް ބަދަލުވާނަންތޯ މެސީއާ ސުވާލު ކުރުމުން އޭނާ ބުނީ އެއީ ވެސް ވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް އަދި އެއްވެސް ކަމަކަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ.