އުފަންވި އިރު އާފަލެއްގެ ބަރުދަން، މިހާރު ފުރިހަމަ ސިއްހަތެއްގައި
އުފަންވި އިރު އާފަލެއްގެ ބަރުދަން، މިހާރު ފުރިހަމަ ސިއްހަތެއްގައި

އާދައިގެ އާފަލެއްގެ ބަރުދަން ހިޔާލަށް ގެންނަވާށެވެ. އެއީ ގާތްގަނޑަކަށް 200 ވަރަކަށް ގުރާމެވެ. ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އުފަންވި، ކްވެކް ޔޫ ޒުއާން ދުނިޔެ އަށް ނޭވާލާން ފެށި އިރު، އެ ތުއްތު ކުއްޖާގެ ބަރުދަނަކީ އެންމެ 212 ގުރާމެވެ.

އުފަންވި އިރު އާފަލެއްގެ ބަރުދަން، މިހާރު ފުރިހަމަ ސިއްހަތެއްގައި
އުފަންވި އިރު އާފަލެއްގެ ބަރުދަން، މިހާރު ފުރިހަމަ ސިއްހަތެއްގައި

ކްވެކް އަށް ބަލިވެއިނުމާ އެކު، ސިންގަޕޫރުގައި ދިރިއުޅޭ ކްވެކްގެ މަންމަ އާއި ބައްޕަ ރާވައިގެން ތިބީ، ވިހެއުމަށްޓަކައި، އެ ދެމަފިރިންގެ ހަތަރު އަހަރުގެ ދޮށީ ދަރިފުޅާއި، ފިރިމީހާގެ އާއިލާގެ ގާތަށް މެލޭޝިޔާ އަށް ދިއުމަށެވެ.

އުފަންވި އިރު އާފަލެއްގެ ބަރުދަން، މިހާރު ފުރިހަމަ ސިއްހަތެއްގައި
އުފަންވި އިރު އާފަލެއްގެ ބަރުދަން، މިހާރު ފުރިހަމަ ސިއްހަތެއްގައި

އިންޝޫރެންސް ކުންފުންޏެއްގެ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ، ކްވެކްގެ މަންމަ ވޮންގް، އާދައިގެ މަތިން މިދިޔަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ވަޒީފާ އަށް ދާން ތައްޔާރުވަނިކޮށް، ކުއްލި ގޮތަކަށް ބަނޑުގައި ރިއްސަން ފެށި އެވެ. އެއީ އާދައިގެ ރިއްސުމެއް ނޫންކަމަށް ގަބޫލުކުރެވުމުން، ފިރިމީހާގެ އެހީތެރިކަމުގައި އަވަހަށް ހޮސްޕިޓަލަށް ދިޔައީ އެވެ.

އުފަންވި އިރު އާފަލެއްގެ ބަރުދަން، މިހާރު ފުރިހަމަ ސިއްހަތެއްގައި
އުފަންވި އިރު އާފަލެއްގެ ބަރުދަން، މިހާރު ފުރިހަމަ ސިއްހަތެއްގައި

ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދޭން ފެށުމަށް ފަހު ވެސް، މައިމީހާގެ ލޭގެ ޕްރެޝަރު އާދަޔާ ހިލާފަށް މަތީގައި ހުރުމުން، ދަރިފުޅާއި މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ޑޮކްޓަރުންގެ ލަފާގެ މަތިން ވޮންގްގެ ސިޒޭރިއަން ހަދައި، ބަނޑުގައި އޮތް ތުއްތު ދަރިފުޅު ނެގީ އެވެ.

ވޮންގް ބުނި ގޮތުގައި ދަރިފުޅުގެ ބަރުދަން އެނގުމުން ލިބުނީ ކުއްލި ސިހުމެކެވެ. ސަބަބަކީ އެ ދުވަހުގެ ކުރިން ބަނޑުގައި ރިހުން ފަދަ، ނުވަތަ ބަލިވެ އިނުމާ ގުޅިގެން މެދުވެރިވާ އެއްވެސް އުނދަގުލެއް ކުރިމަތި ނުވެ ކުއްލި ގޮތަކަށް ވިހަން ޖެހުމުންނެވެ.

"އަހަރެމެން ހިޔެއް ނުކުރަން މިހާ އަވަހަށް ވިހަން ޖެހިދާނެ ކަމަކަށް. ދަރިފުޅުގެ ބަރުދަން ލުއިކަމުން އަހަރެމެން މިތިބީ ވަރަށް ދެރަވެފައި. ނަމަވެސް އަހަރެންގެ ސިއްހީ ހާލަތުގެ ސަބަބުން، އިތުރު އެހެން ގޮތެއް ނެތް. އެހެންކަމުން ދަރިފުޅުގެ ބަރުދަން އިތުރުވެ ދުޅަހެޔޮ ސިއްހަތެއް ލިބޭނެ ކަމަށް އުންމީދުކޮށްލައިގެން ތިބީ،" ކްވެކްގެ މަންމަ ވޮންގް ބުންޏެވެ.

ސިޒޭރިއަން ހަދައިގެން ނެގި އިރު ވެސް، ކްވެކްގެ ސިއްހީ ހާލަތު ދަށްކަމުން އެތައް ދުވަހެއް ވަންދެން ބާއްވަން ޖެހުނީ ވެންޓިލޭޓަރުގަ އެވެ. އުފަންވި އިރު ފުއްޕާމޭ ރަނގަޅަށް ފުރިހަމަނުވާތީ، ނޭވާލާން އުނދަގޫ ކަމުންނެވެ.

ހޮސްޕިޓަލުގެ ނިއޯނެޓޮލޮޖީ ޑިޕާޓްމަންޓުގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ޔިވޯން ނެގް ވިދާޅުވި ގޮތުގައި، އެ ތުއްތު ކުއްޖާ އުފަންވުމާ އެކު، ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އޭނާގެ ކޮންމެ ދުވަހެއްގެ މައިގަނޑު މަސައްކަތަކީ އެ ތުއްތު އަންހެން ކުއްޖާގެ ހާލަތު ބަލައި ވަގުތުން ވަގުތަށް ދޭންޖެހޭ ފަރުވާ ދިނުމެވެ. މިއީ އެހާ ތުއްތު ކުއްޖަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ފުރަތަމަ ފަހަރު ކަމަށްވާތީ، އެ ކުއްޖާއަށް ފަރުވާ ކުރުމުގައި ބައެއް ދުވަސް ދުވަހު މުޅިން އާ ކަންތައް ވެސް ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އާދަޔާ ހިލާފަށް ތުއްތު ކުއްޖެއް. އެހެންވީމާ، ބޭސް ދޭން ޖެހޭ މިންވަރު ކަނޑައަޅަން ޖެހެނީ ވެސް، ޑެސިމަލް ޕޮއިންޓުން ބައިކުޅަ ބަޔަށް ކުޑަކޮށްގެން. އެ ކުއްޖާގެ ހަންގަނޑު ވެސް އެހާ ނާޒުކުވެފައި އެހާ ތުނި. އެހެންވީމާ، ހަށިގަނޑުގެ ހާލަތު ބެލުމަށް ގައިގައި ތަތްކުރަންޖެހޭ އެތިކޮޅުތައް ތަތްކުރުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމަކަށްވި. އެފަދަ އެތިކޮޅެއް މާ ގިނަ އިރު އެއް ތަނެއްގައި ތަތްކޮށްފައި ބައިންދައިފިއްޔާ އެތަންކޮޅުގެ ހަންކޮޅު ހަލާކުވެ ފާރުކޮޅެއް އުފެދޭ. އެހެންވެއްޖެއްޔާ ވަރަށް އަވަހަށް އެ ތަނެއް އުމަގުވެދާނެ،" ޑރ. ޔިވޯން ނެގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް އުފަންވާ ކުދިންގެ ނެޕީ ވެސް އެ ތުއްތު ކުއްޖާގެ މުޅި ހަށިގަނޑު ފޮރުވައިލަ އެވެ. އަދި އެކުއްޖާ އަށް ހެޔޮވަރުގެ ނެޕީއެއް މުޅި ސިންގަޕޫރުން ވެސް ނުލިބުމުން، ނެޕީ ޖެއްސީ ނަރުހުން އަމިއްލަ އަށް ނެޕީ ކަފައި، އެ ކުއްޖާގެ ސައިޒަށް ނެޕީ ތައްޔާރުކޮށްގެންނެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އަލަށް އުފަންވާ ކުދިންގެ ނެޕީގައި، އެ ކުދިންގެ ކުޑަކަމުދާ ތަކެތި ދަމައިގަންނަ ޒާތުގެ ކެމިކަލެއް ހުންނާނެ އެވެ. ނަމަވެސް ކްވެކްގެ ހަންގަނޑު ތުނިކަމުން، ނެޕީގައި ހުންނަ ކެމިކަލުން ހަންގަނޑު ހަލާކުވެދާނެ ކަމުގެ ބިރު އޮތުމުން، ނެޕީ ތައްޔާރުކުރީ ވެސް، ނެޕީގައި ހުންނަ ކެމިކަލް، ކްވެކްގެ ހަންގަނޑުގައި ނުހޭކޭނެ ގޮތަށެވެ.

ކްވެކަށް ފަރުވާ ދިނުމުގައި ދެން ކުރިމަތިވި އަނެއް ގޮންޖެހުމެއް ކަމަށް، ޑޮކްޓަރު ވިދާޅުވީ، ކްވެކްގެ ހަށިގަނޑުގެ ތެރެއަށް ވައްދަން ޖެހޭ ބައެއް ކަހަލަ ހޮޅިތައް ވައްދަން އުނދަގޫ ވުމެވެ. ކްވެކްގެ ފައިގެ ފަލަމަސްގަނޑުގެ ފަލަމިނަކީ، އޭނާ އަށް ފަރުވާ ދޭ ނަރުހުންގެ އަތުގެ ބޮޑުވައި އިނގިލީގެ ފަލަމިނެވެ.

ކްވެކް އުފަންވީ ދުވަސް ފުރުމުގެ ހަތަރު މަސް ކުރިންނެވެ. ދުނިޔެ އަށް އުފަންވުމުގެ ކުރިން ޑޮކްޓަރުން ލަފާކޮށްގެން ތިބީ، ކްވެކްގެ ބަރުދަނުގައި މަދުވެގެން 400 ގުރާމް ހުންނާނެ ކަމަށެވެ. ނަމަވެސް ކްވެކްގެ މަންމަ މާބަނޑު ދުވަސްވަރު އާދަޔާ ހިލާފަށް ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން، އެކަށީގެންވާ ބަރުދަނެއް ނުލިބުނެވެ.

އުފަންވި އިރު ވެސް މާ ގިނަ ދުވަހު ކްވެކް ދުނިޔޭގައި އޮންނާނެ ކަމުގެ މާބޮޑު އުންމީދެއް ނެތެވެ. ސަބަބަކީ ދުވަސް ނުފުރައި އުފަންވާ ކުދިންގެ ތެރެއިން ވެސް އެހާ ޅަފަތުގައި އުފަންވާ ކުދިންނަށް އާދައިގެ ދިރިއުޅުމެއް ލިބުމުގެ ނިސްބަތް ކުޑަ ކަމުންނެވެ.

ކްވެކް އުފަންވިތާ އެއް އަހަރާއި އެއް މަސް ފަހުން، ޖުލައި މަހުގެ 9 ވަނަ ދުވަހު، ކްވެކް ހޮސްޕިޓަލުން ދޫކޮށްލި އިރު، އޭނާއަކީ ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުވަމުން އަންނަ ކުއްޖެކެވެ. ހޮސްޕިޓަލުން ދޫކޮށްލި އިރު، ބަރުދަނުގައި 6.3 ކިލޯ ހުރި ކްވެކަކީ ބެލެވޭ ގޮތުގައި، ދުވަސް ނުފުރައި އުފަންވި ކުދިންގެ ތެރެއިން، ފުރާނަ ސަލާމަތްވި އެންމެ ތުއްތު ކުއްޖާ އަށް ވެދާނެ އެވެ.

ދުވަސް ނުފުރައި އުފަންވި ކުދިންގެ ތެރެއިން ފުރާނަ ސަލާމަތްވި އެންމެ ތުއްތު ކުއްޖާގެ ރެކޯޑް މިހާތަނަށް އޮތީ، ޔުނިވަސިޓީ އޮފް އަޔޯވާގައި ރަޖިސްޓްރީކުރެވިފައިވާ، 2018 ވަނަ އަހަރު އެމެރިކާ އަށް އުފަންވި އަންހެން ކުއްޖެކެވެ. އެ ކުއްޖާ އުފަންވި އިރު ބަރުދަނަކީ 245 ގުރާމެވެ. އޭނާ އުފަންވީ މަންމަގެ ބަނޑަށް އެންމެ 23 ހަފުތާގަ އެވެ.

ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލުން ބުނާ ގޮތުގައި ކްވެކް ފަދައިން، ދުވަސް ފުރުމުގެ ހަތަރު މަސް ކުރިން އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްވުމުގެ ނިސްބަތަކީ 70 ޕަސެންޓެވެ. އަދި އެފަދަ ކުދިން އުފަންވާތާ އެވްރެޖްކޮށް 4-6 މަސް ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލެވެ އެވެ.

ނަމަވެސް ކްވެކްގެ ބަރުދަން އާދަޔާ ހިލާފަށް ލުއިކަމުން، 13 މަސް ވަންދެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހުނެވެ. ކްވެކްގެ އުމުރުން މިހާރު 14 މަސް ފުރިފައިވާ އިރު، އަދިވެސް ފުއްޕާމޭގެ ބައެއް ސިއްހީ މައްސަލަތައް އެބަހުއްޓެވެ. އެހެންކަމުން ގޭގައި ވެސް ވެންޓިލޭޓަރުގެ އެހީތެރިކަން ބޭނުންވާނެ އެވެ.

ކްވެކް އަށް ފަރުވާ ކުރުމަށް ހޭދަވި މުއްދަތުގައި ހޮސްޕިޓަލުގެ ހަރަދުތަކަށް ދެ ލައްކާ ޔޫއެސް ޑޮލަރު އެރި އެވެ. އެފައިސާ ދެއްކީ، ކްވެކަށް އެހީތެރިވުމަށް އާންމުންނަށް ހުޅުވައިލި ފަންޑަށް ލިބުނު ތިން ލައްކަ ޑޮލަރުގެ ތެރެއިންނެވެ. އޭގެ އިތުރަށް ހުރި އެއް ލައްކަ ޑޮލަރުގެ ދެބައިކުޅަ އެއްބައި، ކްވެކްގެ އިތުރު ފަރުވާ އަށް ބެހެއްޓުމަށް ފަހު، ބާކީވި 50 ހާސް ޑޮލަރު މިހާރު ވަނީ، އެފަދަ ފަރުވާއަށް ބޭނުންވާ ކުދިންނަށް ހޭދަ ކުރުމަށް، ގިވް އޭޝިޔާ ފަންޑަށް ހަދިޔާ ކޮށްފަ އެވެ.