ޕޯސްޓު އޮފީހުގެ އީ-ޓުކުރިން ޓިކްޓޮކް ޗެލެންޖެއް
ޕޯސްޓު އޮފީހުގެ އީ-ޓުކުރިން ޓިކްޓޮކް ޗެލެންޖެއް

މޯލްޑިވްސް ޕޯސްޓުގެ އީ ކޮމާސް ޕްލެޓްފޯމް، "އީ-ޓުކުރި" އިން ޓިކްޓޮކް ޗެލެންޖެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޗެލެންޖުގައި ވީޑިއޯތައް ހުށަހަޅަން ތިން މައުޟޫއެއް ވަނީ ދީފަ އެވެ. އެއީ އޮންލައިން ޝޮޕިންގެ ފައިދާ އާއި އޮންލައިން ޝޮޕިންގެ އުކުޅުތަކާއި އީ-ޓުކުރި އެވެ.

މި މައުޟޫތަކަށް ވީޑިއޯޯ ހަދައި އީ-ޓުކުރި ޓެގްކުރާ ކޮންމެ މީހަކަށް ޗެލެންޖުގައި ބައިވެރިވެވޭނެ އެވެ.

އީ-ޓުކުރި ޓިކްޓޮކް ޗެލެންޖަށް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން ދެ ވީޑިއޯއެއް ހޮވައި ކޮންމެ ވީޑިއޯއަކަށް 3000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. މި ދެ ވީޑިއޯ ހޮވާނީ އެންމެ ގިނަ ލައިކްސް އާއި އެންމެ އުފެއްދުންތެރި ވީޑިއޯއަށް ބަލައިގެންނެވެ.

ޕޯސްޓު އޮފީހުގެ އީ-ޓުކުރި ޕްލެޓްފޯމަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް އޮންލައިން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެ ކުންފުނިން ތައާރަފު ކުރި ޕްލެޓްފޯމެކެވެ.