އާންމުންގެ ހިޔާލު: ވިލިމާލެ އަށް ބޭނުންވަނީ އުސް އިމާރާތްތަކެއް ނޫން، ބޭނުމީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް
އާންމުންގެ ހިޔާލު: ވިލިމާލެ އަށް ބޭނުންވަނީ އުސް އިމާރާތްތަކެއް ނޫން، ބޭނުމީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް

ވިލިމާލެ އަށް ބޭނުންވަނީ މިހާރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ކަމަށާއި ތަރައްގީގެ ނަމުގައި ހުސް އިމާރާތްތަކެއް އެޅުން ނޫން ކަމަށް ސިޓީ ކައުންސިލުން ރޭ ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ބައެއް އާންމުން ބުނެފި އެވެ.

އާންމުންގެ ހިޔާލު: ވިލިމާލެ އަށް ބޭނުންވަނީ އުސް އިމާރާތްތަކެއް ނޫން، ބޭނުމީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް
އާންމުންގެ ހިޔާލު: ވިލިމާލެ އަށް ބޭނުންވަނީ އުސް އިމާރާތްތަކެއް ނޫން، ބޭނުމީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް

މާލޭގެ އަވަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ވިލިމާލެ ތަރައްގީ ކުރުމުގައި އެ އަވަށުގެ މީހުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި، ވިލިމާލެ ތަރައްގީ ކުރުމުގައި ގެންގުޅޭނެ ސިޔާސަތުތަކެއް އިއްވުމުގެ އިތުރުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ގެންނަން ވިސްނާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހުށަހަޅުއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހުރިހާ ކަމެއް ވެސް ކުރެވޭނީ ވިލިމާލޭގެ މީހުން އެދޭ ނަމަ އެވެ.

އާންމުންގެ ހިޔާލު: ވިލިމާލެ އަށް ބޭނުންވަނީ އުސް އިމާރާތްތަކެއް ނޫން، ބޭނުމީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް
އާންމުންގެ ހިޔާލު: ވިލިމާލެ އަށް ބޭނުންވަނީ އުސް އިމާރާތްތަކެއް ނޫން، ބޭނުމީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް

ކައުންސިލުން ހުށަހެޅި ކަންކަމުގެ ތެރޭގައި ވިލިމާލޭގައި ހައުސިން މަޝްރޫއެއް ހިންގުމާއި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓަކާއި ކޮންވެންޝަން ސެންޓަރަކާއި ކައުންސިލްގެ އިމާރާތަކާއި ޕާކާއި އީ-ބައިކް ނިޒާމެއް ގާއިމު ކުރުން ހިމެނެ އެވެ.

ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި، ހިޔާލު ހުށަހަޅަން ހުޅުވައިލުމުން އައިމިނަތު ޝާނިލީ ކިޔާ މީހަކު ބުނީ ކައުންސިލުން ހުށަހަޅާ ގޮތަށް އިމާރާތްތައް އަޅައި އުމްރާނީ ތަރައްގީ ގެނެސްފި ނަމަ ގިނަ ބަޔަކު ވިލިމާލެ އަށް ދިއުމުގެ ނަތީޖާއަކަށް ވާނީ ތޮއްޖެހިފައިވާ ތަނަކަށް ބަދަލުވުން ކަމަށެވެ. އޭނާ ބުނީ އިމާރާތްތަކުގެ ބަދަލުގައި ރައްޔިތުން ބޭނުންވަނީ ހިދުމަތްތައް ރަނގަޅު ކުރުން ކަމަށެވެ.

"ވިލިމާލޭގެ ހުރި ހިދުމަތްތައް ރަނގަޅު ކޮށްދިނުން ކަން ނޭނގޭ އެންމެންގެ ވެސް އެދުމަކީ،" ޝާލިނީ ބުންޏެވެ.

"މިސާލަކަށް ލޯކަލް ކައުންސިލުގެ އިދާރާ، އާ ތަނަކަށް ނަހަދައި އެ ތާނގައި ތިބި މީހުންގެ ގާބިލިއްޔަތުކަން ރަނގަޅު ކުރުމަކީ ވަރަށް ފެންނަ ކަމެއް. އެއީ ކަން ނޭނގޭ އަސްލު ދިމާވާ ގޮންޖެހުމަކީ ހިދުމަތްތައް މި ތާނގައި ނުލިބުުމުގައި،" އޭނާ ބުންޏެވެ.

މަރިޔަމް ލީނާ ކިޔާ މީހަކު ވެސް ބުނީ، ވިލިމާލޭގެ ރައްޔިތުން ބޭނުންވަނީ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުން ކަމަށާއި ކިތަންމެ ބައިވަރު އިމާރާތެއް އެޅިޔަސް އެ ކަންތައް ފުރިހަމަ ނުވާ ނަމަ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.

"ވިލިމާލޭގެ ތަރައްގީ އަށް އެންމެ މުހިންމު އެއް ކަންތައް ކަން ނޭނގޭ އަޅުގަނޑުމެންގެ އަސާސީ ހިދުމަތްތައް އަޅުގަނޑުމެންނަށް ލިބުން. އެ އެއްޗެހި ނުލިބި ކިތަންމެ ބައިވަރު އިމާރާތްތަކެއް އެޅި ކަމުގައި ވިޔަސް އަޅުގަނޑު ގަބޫލު ނުކުރާނަން ވިލިމާލޭގެ ރައްޔިތުންނަށް އެއަކުން ހިތްހަމަޖެހުމެއް ލިބޭނެ ކަމަކަށެއް،" ލީނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، ވިލިމާލޭގެ ހޮސްޕިޓަލުގައި ވިހާ ކޮޓަރިތައް ހުއްޓަސް ވިހަން ޖެހުމުން ކިތަންމެ ކަނޑުގަދަޔަސް އަންނަން ޖެހެނީ ފެރީގައި މާލެ އަށެވެ.

ފަހުން ހިނގި ހާދިސާއެއް ކިޔައި ދެމުން ހައްވާ އިބްރާހިމް ބުނީ، އަށް މަހުގެ ކުއްޖެއްގެ ގައި މައްޗަށް އިސްތިރިއެއް ވެއްޓި ބޮޑު ތަނެއް ފިހުމުން ވިލިމާލޭގެ ހޮސްޕިޓަލަށް ގެންދިއުމުން އެތަނުން ފަރުވާ ނުދެވިގެން އައިޖީއެމްއެޗަށް ދާން ބުނި ކަމަށެވެ.

ހިޔާލު ހުށަހެޅި ޝައުފާ އަހުމަދު ވެސް ފާހަގަކުރި އެއް ކަމަކީ ވިލިމާލޭގެ ހޮސްޕިޓަލާއި ސްކޫލުގެ ފެންވަރު ދަށް ކަމެވެ.

"ފްލެޓުތަކެއްގެ ވާހަކަ ދައްކާއިރު، ވިލިނިގިލީގައި ރަނގަޅު ހޮސްޕިޓަލެއް ގާއިމު ކުރެވިފައެއް ނެތް. ރަނގަޅު ސްކޫލެއް ގާއިމު ކުރެވިފައެއް ނެތް. ޒުވާނުންނަށް މި ތާނގައި ވަޒީފާގެ ފުރުސަތު ވެސް އެހާ ދަތި. މި ކަހަލަ އެއްވެސް ކަމެއް ރަނގަޅު ނުކުރެވޭ އިރު އިތުރަށް ތަންތަން ހަދައި އިތުރަށް ބަޔަކު ގެނެސްގެން ކިހިނެއްތޯއޭ ތިބޭފުޅުންގެ ޕްލޭން އޮތީ ހިދުމަތް ދޭން،" ސިޓީ ކައުންސިލާ ޝައުފާ ސުވާލު ކުރި އެވެ.

ހައްވާ އިބްރާހިމް ފާހަގަކުރި އެއް ކަމަކީ ވިލިމާލޭގެ ބަގީގެ ހިދުމަތުގެ ފެންވަރު ދަށްކަމެވެ. އޭނާ ބުނިގޮތުގައި، ދަތުރެއް ނިންމާފައި ވިލިމާލެ އަށް އެރުމަށް ފަހު ދެން ފޮށިތައް ގެއާ ހަމައަށް ގެންދަން ޖެހެނީ ދަމައިފަ އެވެ. އެކަން ރަނގަޅު ނުވުމުގެ ނަތީޖާއަކީ ކޮންމެ ބޮލަކަށް ބެޓެރީ ސައިކަލެއް އިތުރަށް ގެނައުން ކަމަށް އޭނާ ބުންޏެވެ.

އެހެން ބައެއް މީހުން ވެސް އެ ކަންބޮޑުވުން ފާޅުކުރިއިރު، އެކަކު ވަނީ ބަގީގެ ހިދުމަތުގެ ފެންވަރު މޮނިޓާ ކުރުމަށް އެދިފަ އެވެ.

އާންމު އުސޫލެއްގެ ގޮތުން ވިލިމާލެއަކީ އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާ އަވަށެކެވެ.

މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ، ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން އެހެން ފަރާތްތަކަށް ހުޅުވައިލަން މިހާރު ނިންމާފައިވާ ކަމަށާއި ވިޔަފާރީގެ ވާދަވެރިކަން އިތުރުވުމުން ހިދުމަތް ވެސް ރަނގަޅުވާނެ ކަމަށެވެ.

ބަދަލުވުން ނިންމަވައިލައްވަމުން މުއިއްޒު ފާހަގަ ކުރެއްވީ ވިލިމާލޭގައި ހުރިހާ ހިދުމަތްތަކެއް ދެނީ ސިޓީ ކައުންސިލުން ނޫން ކަމެވެ. ނަމަވެސް، ކައުންސިލުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ހުރި ކުޑަ އޮފީހުގެ ބަދަލުގައި އިމާރާތެއް އަޅަން ވިސްނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މާލޭގައި ސިޓީ ކައުންސިލުން ދޭ ހުރިހާ ހިދުމަތް ދޭ ޒަމާނީ ތަނަކަށް ވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ނަމަވެސް، މުއިއްޒު ވެސް ވިދާޅުވީ ސިއްހީ ހިދުމަތަކީ ވިލިމާލޭގައި އެންމެ ގޯސްކޮށް އޮތް ހިދުމަތް ކަމަށެވެ. އަދި އެއީ ކައުންސިލާ ގުޅޭ ހިދުމަތެއް ނޫނަސް، އެ މައްސަލަ ހައްލު ކުރަން ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަމުގައި ސިޓީ ކައުންސިލަށް ކޮށްދެވޭނެ ކަމެއް އޮތް ކަމަށް ސަރުކާރުން ބުނެފި ނަމަ އެކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ނުކުރެވުމާއި ބަނދަރުގައި އަޅާފައި ހުރި ތެޔޮ ބޯޓުތަކުގެ އުނދަގުލާއި ބާބެކިއު އޭރިއާ ކައިރީގައި ފައިބަރު މަސައްކަތް ކުރުމާއި ކުޅިވަރު ކުޅޭނެ ތަންތަން ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން އެ އަވަށުގެ ފުނަ ދަނޑުތައް ހިމާޔަތް ކުރަން ވެސް ބައެއް މީހުން އެދުނެވެ.

އާންމުންގެ ހިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ބައްދަލުވުން ބާއްވާފައި ވަނީ ވިލިމާލޭގެ އިތުރުން ގަލޮޅުގެ ރައްޔިތުންނަށެވެ. ތާވަލުގައިވާ ގޮތުން މާދަމާ ރޭ މައްޗަންގޮޅި، ބުރާސްފަތި ދުވަހުގެ ރޭ މާފަންނު އަދި ހޮނިހިރު ދުވަހުގެ ރޭ ހެންވޭރުގެ ރައްޔިތުންނާ ސިޓީ ކައުންސިލުން ބައްދަލުކޮށް، އެ އަވަށްތަކުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ހިޔާލު ހޯދާނެ އެވެ.