މެސީގެ ވަދާއީ ހަފުލާ ރުއިމާއި ކަރުނައިން
މެސީގެ ވަދާއީ ހަފުލާ ރުއިމާއި ކަރުނައިން

ބާސެލޯނާ (އޯގަސްޓް 8) - ކޭމްޕްނޯ ސްޓޭޑިއަމްގެ ކޮންފަރެންސް ރޫމަށް ލިއޮނެލް މެސީ ވަން އިރުވެސް އޭނާގެ ލޮލުން ހުރީ ކަރުނަ ފާއްދާލައިފަ އެވެ. ގާތްގަނޑަކަށް 21 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަން އިއުލާން ކުރަން ޖެހޭނެތީ އެވެ. ޕްރެސް ފެށުމުގެ ކުރިން ކޮންމެ ވެސް ވަރަކަށް ހަމަޖެހިލަން މަސައްކަތް ކުރި އެވެ.

މެސީގެ ވަދާއީ ހަފުލާ ރުއިމާއި ކަރުނައިން
މެސީގެ ވަދާއީ ހަފުލާ ރުއިމާއި ކަރުނައިން

ނަމަވެސް އޭނާ އަށް ކުރިއަށް ގެންދެވުނީ ކުޑަ ހިދުކޮޅަކަށެވެ. ލޮލުން ހިތާމައިގެ ކަރުނަ ފާއްދާލި އެވެ. ރޮވެން ފެށުނެވެ. ހަގީގަތުގައި ބާސާ ދޫކޮށްލަން މެސީ ބޭނުމެއް ނުވި އެވެ. އެކަމަކު އެކަން މެދުވެރިވެގެން ދިޔައީ އޭނާ އާއި އެ ކްލަބުންވެސް ހީކޮށްގެންތިބި ގޮތަކަށް ނޫނެވެ. ބާސާގައި މަޑުކުރަން ބޭނުން ވެގެން މެސީ ބޮޑު ގުރުބާނީއެއްވި އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ގިނައިން ހޯދައި ފުޓްބޯޅައިގެ އެންމެ އުހުގައި ހުރި ކުޅުންތެރިޔަކު ނުނިންމާނެ ފަދަ ނިންމުމެއް މެސީ ނިންމި އެވެ.

މެސީގެ ވަދާއީ ހަފުލާ ރުއިމާއި ކަރުނައިން
މެސީގެ ވަދާއީ ހަފުލާ ރުއިމާއި ކަރުނައިން

"އަހަރެން ހުރީ އަބަދުވެސް ކްލަބް އިސްކުރަން ތައްޔާރަށް، އަހަރެން ވަރަށް ދެރަވަން އަދި ވެސް އެ ހީތަމައިގައި. ކްލަބުގައި މަޑުކުރަން ބޭނުން ވެގެން އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. އަހަރެންގެ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަ ކުރަން ވެސް އަހަރެން ހުރީ ތައްޔާރަށް،" ލޮލުން ކަރުނަ ފާއްދާލާފައި ހުރި މެސީ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"މިދިޔަ އަަހަރު އަހަރެން ނިންމިން ކްލަބު ދޫކޮށްލަން. އެކަމަކު މިގޮތަކަށް ނޫން. އެއްވެސް މީހަކު އަހަރެން ގާތު އެއްވެސް އެއްޗެއް ނާހާ. ކްލަބުގައި މަޑު ކުރަން އަހަރެމެން އެންމެން އެއްބަސްވިން. އެކަމަކު ލަ ލީގާގެ ސަބަބުން އެކަން ނުވީ."

ކްލަބުގައި ވަރަށް ބޮޑު ދަރަންޏެއް އެބައޮތް. އަދި ބޭނުން ނުވީ އެއަށް ވުރެ ބޮޑު ދަރަނިވެރި ކަމަކަށް ދާން."

ބާސެލޯނާ ދޫކޮށްލަން އޭނާ އަށް ޖެހުނީ މުޅި ދުނިޔެ ކުރިމަތިލި އެންމެ އުނދަގޫ ވަގުތުގަ އެވެ. ފުރިބާރުވެފައި އޮތް ސްޓޭޑިއަމްއެއްގައި މެސީ ވާދާއީ ހަފުލާ ބާއްވަން ފުރުސަތެއް ނެތެވެ. ކޭމްޕް ނޯ ގައި ބާސާގެ ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުންވުން ގެނައި ކުޅުންތެރިޔާ އަށް އެ ފުރުސަތެއް ނުލިބުނެވެ. ކޮވިޑްގެ ބަލާ އާފާތުގައި ސަބަބުން ކުރިމަތިވެފައި އޮތް މަޖުބޫރީ ހާލަތުގެ ސަބަބުންނެވެ. މެސީގެ އެންމެ ފަހު ސީޒަން ނިންމާލަން ޖެހުނީ ވެސް ސަޕޯޓަރުން ވަނުން މަނާ ކޮށްފައި އޮތް ހާލަތުގަ އެވެ.

މިއީ މެސީގެ ވައުދެވެ. އޭނާ އަކީ އާޖެންޓީނާ އަށް ނިސްބަތްވާ ކެޓަލޯނިއާގެ މީހެކެވެ. އޭނާގެ އުމުރުން 13 އަހަރުން ފެށިގެން ދިރިއުޅެމުން ގެންދިޔައީ ބާސެލޯނާގަ އެވެ. އޭނާގެ ސަބަބުން އެކަނި ވެސް އެ ސިޓީ އަށް އިތުރު މަގުބޫލު ކަމެއް ލިބެ އެވެ. އޭނާ ބުނީ ސްޕެއިން އިން ބޭރުގައި ހޭދަ ކުރާ ޗެލެންޖަށް ފަހު އޭނާ ބާސެލޯނާ އަށް އަންނާނެ ކަމަށެވެ.

"ސަބަބަކީ މިއީ އަހަރެމެންގެ ހޯމް. އެނބުރި މި ސިޓީ އަށް އަންނާނެ ކަމަށް އަހަރެންގެ ދަރިންނަށް ވެސް އަހަރެން ވާނީ ވައުދު ވެފަ. މި ސިޓީގައި އަހަރެންނަށް އެހީވެދިން ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރަން،" މެސީ ބުންޏެވެ. "އަހަރެން އުޅެ ބޮޑުވީ މި ކްލަބުގެ އުސޫލުތައް ކަމަށްވާ އިންސާނިއްޔަތު ކަމާއި އިހްތިރާމްގެ އުސޫލުތަކުގެ މަތީގައި. އަހަރެމެން ހޯދި ކާމިޔާބުތަކުގެ އިތުރަށް އެ އުސުލުތަކުގައި މި ގޭގައި އެންމެން ވެސް އުޅޭނެ ކަމަށް އަހަރެން އުންމީދު ކުރަން."

އޭނާ ބުނީ އެއްވެސް ކްލަބަކަށް ބަދަލުވާން އެއްވެސް މީހަކާ އެކު ވެސް އެއްވެސް ކަމަކަށް އަދި މިހާތަނަށް އެއްބަސް ނުވާ ކަމަށެވެ. ޕީއެސްޖީން ފެނިދާނެތޯ ސުވާލު ކުރުމުން މެސީ ބުނީ އެއީ ވެސް ވެދާނެ ކަމެއް ކަމަށެވެ.