08 އޯގަސްޓް 2021 - 12:30

ހދ. ނެއްލައިދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ގާތްގަނޑަށް ނިމިއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި އެ ރަށުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 97 ޕަސަންޓާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތުގެ 96 ޕަސަންޓް ވަނީ ނިމިފަ އެވެ.
އެ ރަށުގެ ބަނދަރު ފުން ކުރުމަށް 62،863 ކިއުބިކް މީޓަރުގެ ސަރަހއްދެއް ވަނީ ހިއްކައިފަ އެވެ. އަދި 331 މީޓަރުގެ ސަރަހައްދެއްގައި ވަނީ ބޭރުތޮށި ލައިފައެވެ. މީގެއިތުރުން 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، އަދި 2102 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ވަނީ ހަދައިފަ އެވެ.
މި މަޝްރޫއުގެ ދަށުން ނެރު ބައްތި އާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނީގެ ފަރާތުން އެ ރަށުގައި ވަނީ ކޮށްފަ އެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 50.08 މިލިއަން ރުފިޔާއަށެވެ.