08 އޯގަސްޓް 2021 - 14:06

އުގައިލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން މިދިޔަ މަހު 7 އިން މި މަހުގެ 7 އަށް ބޭއްވި ޓޯކްޝޯ ޕްރޮގްރާމް މިއަދު ނިންމާލައިފި އެވެ.
މުޖުތަމަ އަށް ފައިދާހުރި ކުދިންތަކެއް އުފެއްދުމަށް އުގައިލް ފައުންޑޭޝަންގެ ފަރާތުން ބޭއްވި މި ކޯހަކީ ހިލޭ ހިންގި ކޯހެކެވެ. އެކި ދާއިރާތަކުން ހުނަރުވެރި ކުދިންތަކެއް އުފެދިގެން ދިއުމަކީ އެ ފައުންޑޭޝަންގެ އެންމެ ބޮޑު އަމާޒެވެ.
ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ކްރިއޭޓިވް އިންގްލިޝް ގެ 7-15 އަހަރުގެ ކުދިންގެ ކްލާސްތައް ނަގއިދިނީ އިގިރޭސި ވިލާތުގެ ޓީޗަރުންނެވެ. އަދި ސްކިލްސް ކްލާސްތައް ނަގައިދިނީ ޕްރޮފެސަރު އުގެއިލް އެވެ. މި ކުލާސްތައް ބޭއްވީ ހަފުތާއަކު އެއް ގަޑިއިރުގެ ލެކްޗަރާ އެކު ގައެވެ. ދަ ޗާކަލް ޕޯޓަލް މެދުވެރިކޮށް ކޮންމެ ހަފުތާއަކު މަސައްކަތްތަކެއް ވެސް ހަވާލު ކުރެވުނެވެ.
މި ދެ ޕްރޮގްރާމުގެ އިތުރުން އުގެއިލް ފައުންޑޭޝަން ގެ "ދަ ސާކަލް" އިން ވެސް އަންނަނީ އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ. މީގެ ތެރޭގައި ކޯޑިން އާއި "ކްރިޓިކަލް ތިންކިން" އާއި "ލީޑާސް އޮފް ޓުމޯރޯ" ފަދަ ޕްރޮގްރާމްތައް ހިމެނެ އެވެ.
ރަށް ރަށުގައި ތިބޭ ކުދިންނަށް ބައިވެރިވެވޭ ގޮތަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ސްކޫލް ބަންދާ ދިމާކޮށް ބޭއްވި މި ޕްރޮގްރާމުގައި 5،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.
އިޒް އަ ޖީނިއަސް ބޯން އޯ މޭޑް؟
ކޮންފަމޭޝަން ބަޔަސް
އިމޯޝަނަލް އެންޑް ރެޝަނަލް މައިންޑް
ސަކްސަސް އެންޑް ފެއިލިއާ
ޕާސްޕެކްޓިވް އެބައުޓް ތިންކިން
ޕްރެކްޓިސިން ޕްރޮނައުންސިއޭޝަން
ވައު ވޯޑްސް
ގްރެމާ
ޕޮއެޓްރީ
ރައިޓިން ރިޑްލްސް