ޕެރަލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނަކީ މާޒިން އާއި ފާތުން
ޕެރަލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނަކީ މާޒިން އާއި ފާތުން

މި މަހު ޖަޕާންގައި ފަށާ ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ޕެރަލިމްޕިކް އެތުލީޓުން ކަމަށްވާ، މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހިމް އަށް ދީފި އެވެ.

ޕެރަލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނަކީ މާޒިން އާއި ފާތުން
ޕެރަލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނަކީ މާޒިން އާއި ފާތުން

މާޒިން އާއި ފާތުން ވެގެންދާނީ، ޕެރަލިމްޕިކް ގޭމެސްއެއްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އެތުލީޓުންނަށެވެ.

މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް މާޒިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ޕެރަލިމްޕިކް ޓީމުން ވަނީ ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. ކޮންމެ އަހަރެއްގައި ވެސް އޮލިމްޕިކްސް އަށް ފަހު އޮލިމްޕިކް ހޯސްޓް ކުރާ ގައުމުގައި ޕެރަލިމްޕިކްސް ބާއްވަ އެވެ. މި ގޭމްސް އަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެ އެވެ.

ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ދެ މެންބަރުން ކަމަށްވާ ފާތުން އާއި މާޒިން އަކީ ދުވުމަށް ހާއްސަ ދެ އެތުލީޓުންނެވެ. ފާތުން ތަމްރީން ހަދަނީ ކުރީގެ އެއް ވަނަ އަންހެން ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ގެ ކޭވައި ސްޕޯޓްސް އެކެޑެމީގަ އެވެ. އޭނާ ވަނީ ޔަޒޫގެ އެހީތެރިކަމާ އެކު ލޯކަަލް ގިނަ ރޭސްތަކެއްގައި ވާދަކޮށްފަ އެވެ.

މި މަހު 24 އިން އަންނަ މަހު 5 ގެ ނިޔަލަށް ކުރިއަށް ގެންދާ ގޭމްސްގައި ފާތުންް އާއި މާޒިން ވާދަ ކުރާނީ 100 މީޓަރު ސްޕްރިންޓްގަ އެވެ. އެ ރޭހުގައި މާޒިންގެ ގައިޑް ރަނާއެއްގެ ގޮތުގައި ދުވާނީ މުހައްމަދު ސައިފް ޒާހިރެވެ. ފާތުންގެ ގައިޑް ރަނާ އަކީ ރަބާ އިސްމާއީލް އާސިފެވެ.