މީރާގެ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާކޮށްފި
މީރާގެ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާކޮށްފި

މީރާގެ 11 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ބާއްވައިފި އެވެ.

މިއީ މީރާ ކްލަބާއި މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ހިންގި ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދިޔައީ އިއްޔެ ހެނދުނު 9 އިން މެންދުރު 2:30 އަށެވެ.

މި ޕްރޮގްރާމުގައި މީރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ. އަދި އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ލޭ ހަދިޔާކުރި ކަމަށް އެ އިދާރާ އިން ބުންޏެވެ.

މީރާ އިން ބުނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ކޮވިޑް-19އާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތައްް އަޅައިގެން ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާ އިން ކޮންމެ އަހަރަކު ވެސް އެ އިދާރާގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.