ލަ ލީގާ އިން ތިން ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި
ލަ ލީގާ އިން ތިން ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި

މެޑްރިޑް (އޯގަސްޓް 5) - ސްޕެނިޝް ލަ ލީގާގެ ހިއްސާގެ ތެރެއިން 3.2 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި އެވެ.

މިހާރު ލަ ލީގާގެ 10 ޕަސެންޓް ހިއްސާގެ މިލްކްވެރިޔަކީ ޕްރައިވެޓް އީކުއިޓީ ފާމެއް ކަމަށްވާ، ސީވީސީ ކެޕިޓަލް ޕާޓްނާސް އެވެ.

ކުޅިވަރުގެ ބޮޑު އިންވެސްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސީވީސިން ވަނީ ލަ ލީގާގެ ހިއްސާ ގަތުމަށް 3.2 ބިލިއަން ޑަލަރު ހޭދަކޮށްފަ އެވެ.

ލަ ލީގާގެ ކްލަބުތަކުން އެ ޕްރޮޕޯޒަލްއަށް ރުހުންދީފި ނަމަ، އެ ފައިސާގެ 90 ޕަސެންޓް ކްލަބްތަކަށް ބަހާނެ އެވެ. އެއީ މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކްލަބުތައް ކަމަށްވާ، އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ޓީމުގައި މަޑުކުރެވެން އޮތީ ވެސް ޓީމުގެ ބަޖެޓް ބެލެންސް ކުރެވިގެންނެވެ. ލަ ލީގާގެ ހިއްސާ ވިއްކައިގެން ލިބޭ ފައިސާ އިން މެސީ އާއި އެންޓްއާން ގްރީޒްމަން ވެސް ޓީމުގައި ބެހެއްޓުމުގެ ފުރުސަތު ވެސް ބާސާ އަށް ލިބޭނެ އެވެ.

ބާސާއާ އެކު އާ އެއްބަސްވުމެއްގައި ސޮއި ކުރަން މެސީ ވަނީ އެއްބަސްވެފަ އެވެ. މެސީއާ އެކު އާ އެއްބަސްވުމެއްގައި އަންނަ ހަފުތާގައި ސޮއިކުރާނެ އެވެ.

ސްޕެއިންގެ ފުޓްބޯޅައިގެ އެންމެ މަތީ ދެ ޑިވިޝަންގެ މިލްކުވެރިކަން އޮންނަ ލަ ލީގާގެ ކުންފުނިން ބުނީ ސީވީސީން ގަތް ހިއްސާ އިން 28 ބިލިއަން ޑޮލަރުގެ ފައިދާ ހޯދޭނެ ކަމަށެވެ.

ލަގްޒަމްބާގްގައި މައި އޮފީސް ހުންނަ ސީވީސީން ވަނީ ޔޫރަޕުގެ ގިނަ ލީގުތަކުގެ ހިއްސާ ގަންނަން މަސައްކަތް ކޮށްފަ އެވެ.