04 އޯގަސްޓް 2021 - 17:16

އުރީދޫ އަތޮޅު ދުވުމުގެ ފޮޓޯ އާއި މެޑަލް، ސޯޝަލް މީޑިއާގައި ޝެއާ ކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ 11:59އާ ހަމައަށް ލިބޭނެ އެވެ. އަތޮޅު ދުވުން ކުރިއަށްދާނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
އުރީދޫން ބުނެފައިވާ ގޮތުގައި ދުވުމުގެ ފޮޓޯ އާއި މެޑަލް ސޯޯޝަލް މީޑިއާގައި ހިއްސާ ކުރާ އެކައުންޓު ވާން ޖެހޭނީ ޕަބްލިކް އެކައުންޓަކަށް ކަމަށެވެ. އަދި ކޮންމެ ޕޯސްޓެއްގައި އުރީދޫ ޓެގުކޮށް، OoredooAtholhuDhuvun# ޖަހަން ޖެހޭނެ އެވެ.
އަތޮޅު ދުވުމުގެ ފޮޓޯތައް ހިއްސާކުރާ ދުވުންތެރިންގެ ތެރެއިން ދެ ނަސީބުވެރިއަކަށް މަމަކް އިން ރޭގަނޑުގެ ކެއުމެއް ނުވަތަ ލަވޭރިއާއިން ޕިއްޒާ ލިބޭނެ އެވެ. އަދި މެޑަލް ހިއްސާކުރާ ދުވުންތެރިންގެ ތެރެއިން ތިން ނަސީބުވެރިންނަށް ރޭޖް-ހިޓް ޖިމްގެ އެއް މަހުގެ މެމްބާޝިޕް ނުވަތަ ޕިއްޒާ ކިޗެން އިން ޕިއްޒާ ނުވަތަ ލެ ޕާފިއުމްގެ ގިފްޓް ޕެކެއް ލިބޭނެ އެވެ.
އުރީދޫ އަތޮޅު ދުވުމަކީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު ފެށި ހަރަކާތެކެވެ.