އައިބީރިޔާ އެއާލައިނާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށައިފި
އައިބީރިޔާ އެއާލައިނާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށައިފި

ޔޫރަޕްގައި އެންމެ މަގުބޫލު އެއާލައިން "އައިބީރިޔާ" އާ ގުޅިގެން ސްޕެއިން މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީރްސީން ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިނުގައި ރާއްޖެ އަކީ ޓޫރިސްޓުންނަށް ރައްކާތެރި އަދި ހިތްގައިމު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީރްސީން ބުންޏެވެ.

ޖުލައި މަހުން ފެށިގެން މި މަހުުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގައި އޮންލައިން މީޑިއާގެ އިތުރުން ސޯޝަލް މީޑިއާގައި އެކި ހަރަކާތްތައް ކުރިއަށް ދާނެ އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި، މި ކެމްޕެއިނުން ޔޫރަޕުގެ ގައުމުތަކުގައި ރާއްޖެ އިތުރަށް މަޝްހޫރުވާނެ އެވެ. އަދި އަމާޒަކީ ސްޕެއިނުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމެވެ.

ޓޫރިސްޓުން ރާއްޖެއާ މެދު ޝާއުގުވެރިކަން އުފައްދައި، ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ހިތްގައިމު މަންޒިލުކަން ދައްކުވައިދޭ ތަފާތު ޕްރޮމޯޝަންތައް މި ކެމްޕެއިނުގައި ކުރިއަށް ގެންދާނެ އެވެ.

އައިބީރިޔާ އެއާލައިނަކީ ޔޫރަޕް އަދި ލެޓިން އެމެރިކާގެ އެންމެ މަގުބޫލު އެއް އެއާލައިނެވެ. އަދި 48 ގައުމެއްގެ 138 މަންޒިލަކަށް ދަތުރުކުރާ މި އެއާލައިނުގެ ވެބްސައިޓަށް މަހަކު ހަތް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. އަދި ސޯޝަލް މީޑިއާގައި ދެ މިލިއަނަށް ވުރެ ގިނަ ފޮލޯވާސް ހިމެނެ އެވެ.