ޗެނިން ޓެޓަމް އަލުން ކްލާހަށް، މި ފަހަރު ހާވަޑް ޔުނިވަސިޓީ އަށް
ޗެނިން ޓެޓަމް އަލުން ކްލާހަށް، މި ފަހަރު ހާވަޑް ޔުނިވަސިޓީ އަށް

މީގެ ދުވަސްކޮޅެއް ކުރިން ބަތަލާ އެންޖެލީނާ ޖޯލީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރަން ފެށި ވާހަކަ އޮންނާނީ އަޑު އަހައިފަ އެވެ.

ޗެނިން ޓެޓަމް އަލުން ކްލާހަށް، މި ފަހަރު ހާވަޑް ޔުނިވަސިޓީ އަށް
ޗެނިން ޓެޓަމް އަލުން ކްލާހަށް، މި ފަހަރު ހާވަޑް ޔުނިވަސިޓީ އަށް

އަނެއްކާވެސް ހޮލީވުޑްގެ މަޝްހޫރު ތަރިއަކު ކުލާހަކަށް ވަދެފި އެވެ. މި ފަހަރު "ސްޓެޕް އަޕް" އަދި "ހެއިލް ސީޒާ" ފަދަ ފިލްމުތައް ކުޅެފައިވާ ޒުވާން އެކްޓަރު ޗެނިން ޓެޓަމް އެވެ.

އޭނާއާ އެކު އެކްޓަރު އެލްއެލް ކޫލް ޖޭ އާއި ސްޕެއިންގެ ބާސްކެޓް ކުޅުންތެރިޔާ ޕޯ ގެސޯލް އާއި އެމެރިކާގެ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކްރިސް ޕޯލް ވެސް ބައިވެރިވެ އެވެ.

އެ ހަތަރު މީހުން މިހާރު އަންނަނީ ހާވަޑް ޔުނިވަސިޓީގައި ކުރިއަށް ގެންދާ ވޯކްޝޮޕެއްގައި ބައިވެރިވަމުންނެވެ.

ޕްރޮފެސަރު އަނީތާ އެލްބާސްގެ ކުލާހުގައި ޗެނިން ހަރަކާތްތެރި ވަނީ ނެށުމުގެ ހުނަރުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުތަކުން ހޮލީވުޑަށް ކުރާ އަސަރާ ބެހޭ ވޯކްޝޮޕެއްގަ އެވެ.

މީގައި އޭނާގެ ތަޖުރިބާތައް އަންނަނީ ހިއްސާ ކުރަމުންނެވެ. މިކަމާ އުފަލުން ހުރި ޕްރޮފެސަރު އަނީތާ ވަނީ އޭނާގެ ކުލާހުގައި މިހާރު "ހަތަރު ލެޖެންޑުން" ވެސް އެބަ ތިބި ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.

ޓެޓަމް ބުނީ އަހަރުތަކަކަށް ފަހު އަލުން ކުލާހަކަށް ވަން އިރު، އޭނާއަކީ ކިޔެވި ދުވަސްވަރު ވަރަށް ދަށް ދަރިވަރެއް ކަމަށެވެ. އެގޮތަށް ދިމާވީ އޯޓިޒަމާއި ޑައުން ސިންޑްރަމް ފަދަ މައްސަލަތަކާ ކުޑަ އިރު ކުރިމަތިލާން ޖެހުމުން ކަމަށް ބުންޏެވެ.

"އެހެންވެ އަހަންނަކީ ސްކޫލާއި ފޮތުން އެއްޗެހި ދަސް ކުރި މީހަކަށް ވުރެ ބޮޑަށް، މީހުންނާ އެކީ އުޅެގެން ކަންކަން ދަސް ކުރި މީހެއް." ޓެޓަމް، 36، ބުންޏެވެ.