04 އޯގަސްޓް 2021 - 06:59

މި އަހަރުގެ ޖެނުއަރީ މަހު އުފެއްދި ކުންފުނި "ނަތިން" އިން އެތަނުގެ ފުރަތަމަ އުފެއްދުމުގެ ގޮތުގައި އިއަބަޑްސްއެއް ނެރެފި އެވެ.
މިއަށް ދީފައިވާ ނަމަކީ އިއަ1 އެވެ. ޒަމާނީ ފާޑުވެރިކަމަށް އުފައްދާފައިވާ މި ޑިވައިސްގައި ގިނަ ފީޗާތަކެއް ހިމެނެ އެވެ. އެހެންވެ މާކެޓްގައި މިހާރު ލިބެން ހުރި އިއާބަޑްސްއާ އަޅާކިޔާ ނަމަ "ނަތިން" ގެ އިއަ1 އަކީ ފެންވަރު ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ. މީގެ އަގަކީ 99 ޑޮލަރު (1,529ރ.) އެވެ.
އިއަ1 ގެ ފީޗާތަކުގެ ތެރޭގައި އެކްޓިވް ނޮއިސް ކެންސެލޭޝަން (އެންއޭސީ)، އިކުއަލައިޒާ، ޓްރާންސްޕޭރެންސީ މޯޑް، ބްލޫޓޫތު 5.0، 34 ގަޑިއިރުގެ ބެޓެރި ލައިފް އަދި ޓަޗް ރެކޮގްނިޝަން ހިމެނެ އެވެ. އިއަ1 އަކީ އެންޑްރޮއޮޑާއި އައިއޯއެސްގައި ވެސް ސަޕޯޓްކުރާނެ އުފެއްދުމެކެވެ.
"ނަތިން" ގެ ފުރަތަމަ އުފެއްދުން ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ އިރު އެ ކުންފުންޏަކީ ޗައިނާގެ ވަން ޕްލަސް ބްރޭންޑްގެ ފޯނު އުފެއްދުމުގެ މޭސްތިރިިންގެ ތެރޭގައި ހިމެނުނު ކާލް ޕީ މިދިޔަ އަހަރު އެ ކުންފުނިން ވަކިވެ، އުފެއްދި ކުންފުންޏެކެވެ.