"މިހާރު" ސްކޫލް ގައިޑް ނެރެފި
"މިހާރު" ސްކޫލް ގައިޑް ނެރެފި

ކޮންމެ އަަހަރެއްގެ ވެސް ސްކޫލް ބޮޑު ޗުއްޓީ އާއި ދިރާސީ އާ އަހަރާ ދިމާކޮށް މިހާރުން ނެރޭ "ސްކޫލް ގައިޑް" މިއަދު ނެރެފި އެވެ.

"މިހާރު" ސްކޫލް ގައިޑް ނެރެފި
"މިހާރު" ސްކޫލް ގައިޑް ނެރެފި

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ގައިޑްގައި ވެސް ދަރިވަރުންނާ ގުޅޭ އެކި މައުލޫމާތާއި ކުދިންނަށާއި ބެލެވެރިންނަށް ހާއްސަ މައުލޫމާތު ހިމަނާފައިވެ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކުދިން ސްކޫލަށް ދިއުމަށް ވާން ޖެހޭ ތައްޔާރީތަކާއި، މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ނަސޭހަތުގެ ލިޔުންތައް ހިމެނިފައިވެ އެވެ. އަދި ތައުލީމީ ދާއިރާގެ ތަޖްރިބާކާރުންގެ ލިޔުންތައް ވެސް ހިމަނާފައިވެ އެވެ.

"މިހާރު" ސްކޫލް ގައިޑް ނެރެފި
"މިހާރު" ސްކޫލް ގައިޑް ނެރެފި

މިހާރުގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އިސްމާއިލް ޝިއުތު ވިދާޅުވީ "މިހާރު"ން ބަލަނީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ބޭނުންތެރި މައުލޫމާތު ވީހާ ވެސް ފުރިހަމަ އަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

"މި ފަހަރުގެ ގައިޑުގައި ވެސް އެ މައުލޫމާތު ހިމަނާފައިވާނެ،" އިސްމާއިލް ވިދާޅުވި އެވެ. "އާބާދީ ބޮޑެތި ރަށްތަކަށް ވެސް އަޅުގަނޑުމެން މި ގައިޑުގެ ކޮޕީތައް ފޮނުވާނަން."

ދިރާސީ އާ އަހަރުގެ ކަލަންޑަރު ވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ސްކޫލް ގައިޑް ބުކް ޝޮޕްތަކުން ހިލޭ ލިބޭނެ އެވެ. އަދި ސްކޫލް ގައިޑްގައި ހިމެނޭ މުހިންމު ލިޔުންތައް "މިހާރު" އޮންލައިންގައި އަންނަނީ ޝާއިއުކުރަމުންނެވެ.