އަނގޮޅިތީމު ބަނދަރުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
އަނގޮޅިތީމު ބަނދަރުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ ބަނދަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 42،000 ކިއުބިކް މީޓަރުގެ ސަރަހެއްއްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މި މަޝްރޫއު އަށް ސަރުކާރުގެ ބަޖެޓުން 40.7 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

އެމްޓީސީސީން މިހާރު ވެސް އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރާއި ނަރުދަމާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ކުއާޓަރުގައި އެ ކުންފުނިން ވަނީ 86 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމުގެ 41 މަޝްރޫ އާއި ބިން ހިއްކުމުގެ 15 މަޝްރޫއު ހިމެނެ އެވެ.

އެމްޓީސީސީ އަށް މިދިޔަ ކުއާޓަރުގައި 423.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.