އަތޮޅު ލީގު ޗެމްޕިއަންކަން އައްޑޫ އަށް، ފުރަތަަމަ ޑިވިޝަން އާކް އަށް
އަތޮޅު ލީގު ޗެމްޕިއަންކަން އައްޑޫ އަށް، ފުރަތަަމަ ޑިވިޝަން އާކް އަށް

ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ޓީމް އިވެންޓް ބައިގެ ޗެމްޕިއަންކަން އައްޑޫ ސިޓީ ޓީމުން ހޯދިއިރު، ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ހޯދައިފި އެވެ.

އަތޮޅު ލީގު ޗެމްޕިއަންކަން އައްޑޫ އަށް، ފުރަތަަމަ ޑިވިޝަން އާކް އަށް
އަތޮޅު ލީގު ޗެމްޕިއަންކަން އައްޑޫ އަށް، ފުރަތަަމަ ޑިވިޝަން އާކް އަށް

އިއްޔެ ކުޅުނު އަތޮޅު ލީގުގެ ޓީމު ފިރިހެން ޓީމު އިވެންޓް ބައިގެ ޗެމްޕިއަންކަން އައްޑޫ ސިޓީގެ ޓީމުން ހޯދީ ފައިނަލުގައި ނ. ހޮޅުދޫ ބީޑީސީ ބަލިކުރުމަށް ފަހު އެވެ. ހޮޅުދޫގެ މައްޗަށް އައްޑޫ ސިޓީން ކުރި ހޯދީ ޓައިގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. ހޮޅުދޫ މޮޅުވީ ޓައިގެ އެންމެ މެޗަކުންނެވެ.

ޓީމް އިވެންޓު ބައިން ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން އާކުން ހޯދީ ފައިނަލްގައި ޕޮލިސް ކްލަބް ބަލިކުރުމަށް ފަހު އެވެ. އާކް މޮޅުވީ ޓައިގެ ފުރަތަމަ ތިން މެޗުން މޮޅުވެގެންނެވެ.

އަންހެން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެމްއައިބީއޭ އިން ހޯދީ ފައިނަލުގައި އައްޑޫ ވިމެންސް އެސޯސިއޭޝަން ބަލިކުރުމަށް ފަހު އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުން އެމްއައިބީއޭ އިން ހޯދީ ޓައިގެ ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ، އަނެއް ދެ މެޗުން މޮޅުވީ އައްޑޫ ވިމެންސް އެސޯސިއޭޝަން އެވެ.

ފިރިހެން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ސްޓެޓިކުން ހޯދީ ދަންވަރު ފްރެންޑްލީ ބެޑްމިންޓަން ކްލަބް ބަލިކުރުމަށް ފަހު އެވެ. ސްޓެޓިކް މޮޅުވީ ޓައިގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ.

އަންހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން އެމްއައިބީއޭ އިން ހޯދީ ފައިނަލުގައި ކްލަބް އީގަލްސް ބަލިކުރުމަށް ފަހު އެވެ. އެމްއައިބީއޭ މޮޅުވީ ޓައިގެ ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. އަނެއް ދެ މެޗުން މޮޅުވީ އީގަލްސް އެވެ.

ޓީމް އިވެންޓުގެ މެޗުތަކަށް ފަހު މިހާރު ކުރިއަށްދަނީ އޯޕަންސް އިވެންޓުތަކުގެ މެޗުތަކެވެ.