2،018 ސާމްޕަލުން މާލެ އިން ކޮވިޑް ޖެހުނީ 23 މީހަކަށް
2،018 ސާމްޕަލުން މާލެ އިން ކޮވިޑް ޖެހުނީ 23 މީހަކަށް

ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދުން 2،018 ސާމްޕަލެއް ކޮވިޑް-19 އަށް ޓެސްޓްކުރިއިރު އެ ބަލި ޖެހުނީ 23 މީހަކަށް ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން މިރޭ ދައްކައިފި އެވެ.

އެ އިދާރާ އިން ކޮންމެ ރެއަކު އާންމުކުރަމުންދާ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް މުޅި ރާއްޖެއިން 5،573 މީހަކު ކޮވިޑަށް ޓެސްޓްކުރި އެވެ. އޭގެ ތެރެއިން 2،018 ސާމްޕަލަކީ މާލެއިން ޓެސްޓްކުރި ސާމްޕަލެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހުނު 23 މީހަކާއި އެހެނިހެން ރަށްރަށުން 78 އަދި ރިސޯޓުތަކުން 12، ސަފާރީތަކުން ދެ މީހަކަށް ކޮވިޑް ޖެހުނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ފެނުނު 115 ކޮވިޑް ކޭސްއާ އެކު މުޅި ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 77،547 އަށް އަރަ އެވެ. އޭގެ ތެރެއިން 74،758 މީހުން ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު އުޅެނީ 2،556 ގަ އެވެ.

ހޮސްޕިޓަލުގައި 20 މީހަކަށް ފަރުވާދެމުން އަންނައިރު ކޮވިޑް ބަލީގައި ރާއްޖެ އިން މިހާތަނަށް ވަނީ 221 މީހަކު މަރުވެފަ އެވެ.