31 ޖުލައި 2021 - 18:12

ގެއްލިގެން ހޯދަމުން ދިޔަ އަހުމަދު ނައުފަލް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އދ. ކުނބުރުދޫ މީހެއް ކަމަށްވާ ނައުފަލް ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ހުށަހެޅީ މިދިޔަ ހަފްތާގައި މާލެއަށް ބޭސްފަރުވާއަށް އައި ފަހުން ހަބަރެއް ނުވެގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ، މިއަދު 4:45 އެހާއިރު ނައުފަލް ފެނިފައިވާ ކަމަށެވެ. އޭނާއަށް މިހާރު އާއިލާއާ ގުޅިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން އޭނާ ހޯދަމުން ހޯދާތާ މިހާރު ވަނީ ހަތަރު ދުވަސް ވެފަ އެވެ.
ނައުފަލަކީ ދޯންޏެއްގައި ބޮޑު ކަންނެއްޔަށް ދާ މީހެކެވެ. މިދިޔަ ހަފްތާގައި އޭނާ މާލެ އައީ ބޭސްފަރުވާއަށް ކަމަށް އާއިލާއިން ބުނެފައިވެ އެވެ. އެއީ ދޯނީގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށެވެ.