ދުބާއީ ދަތުރަށްފަހު ރައީސް ވަޑައިގެންފި
ދުބާއީ ދަތުރަށްފަހު ރައީސް ވަޑައިގެންފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ދުބާއީއަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.

ރައީސްގެ ދެކަނބަލުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ސްރީ ލަންކާ އަށް ވެސް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި ކޮވިޑް-19 ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.