އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން ގުޅަންވީ 1515 އަށް
އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން ގުޅަންވީ 1515 އަށް

ރާއްޖޭގައި ދޭ އިންޓަނެޓްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ހޮޓްލައިން ނަމްބަރެއް ކަނޑައަޅައިފި އެވެ.

އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން ގުޅަންވީ 1515 އަށް
އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން ގުޅަންވީ 1515 އަށް

އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނީ، ސަރުކާރުގެ "ނެޓު ހެޔޮ" މަޝްރޫއުގެ ބޭނުމަކީ ޖުމުލަކޮށް އިންޓަނެޓްގެ މުޅި ހިދުމަތް ރަނގަޅުވުން ކަމަށާއި އެހެންވެ، އެ ހިދުމަތާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ 1515 އަށް ގުޅައި، އެކަން ސަރުކާރާ ހިއްސާ ކުރަން އެދޭ ކަމަށެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުވެވަޑައިގެންފައިވާ އިރު، މި މަހުން ފެށިގެން އިންޓަނެޓް ޕެކޭޖުތަކުގެ އަގު ހެޔޮކޮށް ސްޕީޑް ވަނީ އަވަސް ކޮށްފަ އެވެ.

ސަރުކާރުން މައިގަނޑު ގޮތެއްގައި ކަނޑައަޅާފައި ވަނީ ތިން ޕެކޭޖެކެވެ. އެއީ 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ އާއި 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ އާއި 25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ ލިބޭ ޕެކޭޖުތަކެވެ.

އަދި ތުރޮޓަލް ސްޕީޑު ވެސް ފަސް 2 އެމްޕީޕީއެސް އާއި 5 އެމްބީޕީއެސްގައި ލިބޭ ޕެކޭޖުތަކެއް ވަނީ އިއުލާން ކޮށްފަ އެވެ.

މި ޕެކޭޖުތަކާ އެއްގޮތަށް އުރީދު އާއި ދިރާގުން ވެސް ވަނީ އާ ޕެކޭޖުތަކެއް ކަނޑައަޅައިފަ އެވެ.