26 ނޮވެމްބަރ 2016 - 19:07

ށ. ފުނަދޫގައި ކަރަންޓްގައި ޖެހިގެން އުމުރުން 12 އަހަރުގެ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.
ހަވީރު 5:00 ހާއިރު ހިނގި މި ހާދިސާގައި މަރުވީ ފުނަދޫ، ފަނާރު ހަސަން މައާލް އެވެ.
ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ކުއްޖާ މަރުވީ މަގުމަތީގައި ކުޅެން އުޅެނިކޮށް، މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ކަރަންޓް ހުއްޓައި އޭގައި ޖެހިގެން ނެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބުންޏެވެ.
"ދެތިން މީހަކު ވެގެން ސައިކަލަށް ލައިގެން ގެންދިޔައީ. ޑޮކްޓަރު ބުނީ ގެންދިޔައިރު ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށް،" އޭނާ ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.