30 ޖުލައި 2021 - 19:18

ވެލްނަސް މޯލްޑިވްސް އިން ކޮރެއާގެ އުފެއްދުމެއް ކަމަށްވާ "ކޭއެފް94" ގެ ޑިސްޕޯސަބަލް މާސްކު ވިއްކަން ފަށައިފި އެވެ.
"ކޭއެފް94" ގައި ފާހަގަކޮށްފައިވާ 94 އަކީ އެ މާސްކުގެ ސަބަބުން ލިބޭ ރައްކާތެރިކަން އަންގައި ދޭން ބޭނުންކޮށްފައިވާ ޕަސެންޓެކެވެ.
ތަފާތު ޖަރާސީމުން ރައްކާތެރިވެ، ކޮވިޑްގެ މި ނާޒުކް ހާލަތުގައި އެ ބަލިން ވެސް ރައްކާތެރިވުމަށް މިއީ ބޭނުން ކުރަން އެންމެ ރަނގަޅު މާސްކެވެ. ރައްކާތެރިކަން ކަށަވަރު ވުމުގެ އިތުރުން އަޅައިގެން އުޅެން ވެސް އެ މާސްކު ފަސޭހަ އެވެ.
މިއީ ފަސޭހައިން ނޭވާ ލެވޭ ގޮތަށް ތިން ލޭޔަރު ހިމެނޭ ގޮތަށް ހަދާފައިވާ މާސްކްތަކެކެވެ. މާސްކް އަޅައިގެން އެހާ ގިނަ ވަގުތު އުޅެން ޖެހުމުން ބައެއް މީހުންގެ މޫނުގެ ހަންގަނޑަކަށް އިތުރު އުނދަގޫތައް ވެ އެވެ. ނަމަވެސް "ކޭއެފް94" މާސްކް ހަދާފައި ވަނީ އެހާ ގިނަ ވަގުތު އަޅައިގެން އުޅުނަސް ހަންގަނޑަށް އުނދަގޫ ނުވާނެހެން ވަރަށް މަޑު މެޓީރިއަލެއް ބޭނުން ކޮށްގެންނެވެ.
މާސްކުގެ މެދުގައި އިންނަ ފަށަލައިން ނޭވާ ފިލްޓަރު ކޮށްދޭ އިރު، އެންމެ އެތެރޭގައި އިންނަ ފަށަލަ ވެސް ތައްޔާރު ކޮށްފައިވަނީ ވަރަށް މަޑު މެޓީރިއަލަކުންނެވެ.
މާސްކްގެ ލޫޕް ހަދާފައިވަނީ ފަސޭހައިން ކަންފަތުގައި އަޅުވައިލެވޭ ގޮތަށް އަދި އެކި ސައިޒުގެ މޫނަށް ވެސް ހެޔޮވަރުކޮށްލެވޭނެ ހެން ދަމާލެވޭ ގޮތަށެވެ. މީގެ އިތުރުން އައިނު އަޅާ މީހުންނަށް މާސްކް ހެޔޮވަރު ކުރަން "ނޯސް ކްލިޕް" ވެސް ވެލްނަސް މޯލްޑިވްސް އިން ލިބޭނެ އެވެ.
މި މާސްކުތަކުގެ ތަފާތު ކުލަތަކާއި ޑިޒައިންތައް ލިބެން ހުރި އިރު، ދުނިޔޭގެ އެންމެ މަޝްހޫޜު ބްރޭންޑްތަކުގެ ޑިޒައިންތައް ހިމެނޭ މާސްކް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ގޫޗީ އާއި ލުވީޓޯން އާއި ޝަނޭލް އާއި ބާބޭރީ ފަދަ ޑިޒައިންތަކުގެ މާސްކްތައް ހިމެނެ އެވެ.
ވެލްނަސް މޯލްޑިވްސް އިން މީގެ 10 މާސްކުގެ ޕެކެޓް ވިއްކާއިރު، ކަސްޓަމަރުން ބޭނުންވާ ޑިޒައިންތައް ވަކިވަކިން އިހުތިޔާރު ކުރެވޭނެ އެވެ.
ވެލްނެސް މޯލްޑިވްސްގެ ވެބްސައިޓް www.gonormal.net އިން މާސްކަށް އޯޑަރު ދެވޭނެ އެވެ. އިތުރު މައުލޫމާތު ސާފު ކުރަން 3329413 ނުވަތަ 3319413 އަށް ގުޅުމުން އޮޅުން ފިލުވައިދޭނެ އެވެ. ވެލްނެސް މޯލްޑިވްސް ފިހާރައިން 100ރ. އަށް ވުރެ މަތީގެ އަދަދަކުން ތަކެތި ގަނެފި ނަމަ ޑެލިވަރީ ވެސް ކޮށްދެ އެވެ.