އެންމެ ހަލުވި 5ޖީ ނެޓްވޯކް އޮސްލޯގައި
އެންމެ ހަލުވި 5ޖީ ނެޓްވޯކް އޮސްލޯގައި

އިންޓަނެޓްގެ އެންމެ ފަހު ޖީލު ކަމަށްވާ 5ޖީ މިހާރު ލިބޭ ސަރަހައްދުތަކަށް ބަލާއިރު އެންމެ ހަލުވި ސްޕީޑް ލިބޭ ވެރިރަށަކީ ނޯވޭގެ އޮސްލޯ ކަމަށް ސްޕީޑް ޓެސްޓުން ބުނެފި އެވެ.

އިންޓަނެޓްގެ ސްޕީޑް އެނަލައިޒްކުރާ ކުންފުނިން އާންމުކޮށްފައިވާ "އޫކްލާ 5ޖީ މެޕް" ގެ ކުރި އޮސްލޯ އަށް ލިބުނި އިރު، ދުނިޔޭގެ 109 ގައުމެއްގެ 16,410 5ޖީ ވިއުގައިގެ ސްޕީޑް ދިރާސާކޮށްފައިވެ އެވެ. އޮސްލޯގެ ޑައުންލޯޑް ސްޕީޑަކީ 526.74 އެމްބީޕީއެސް އެވެ.

ސްޕީޑް ޓެސްޓިން އެކުލަވާލި ލިސްޓްގެ ގަދަ ތިނެއްގައި ހިމެނޭ ގައުމުތަކަށް ބަލާ އިރު ދެވަނާގައި ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އޮތީ ސްޕީޑް 467.84 އެމްބީޕީއެސް އާ އެކީގަ އެވެ. ތިން ވަނައިގައި ޔޫއޭއީގެ ވެރިރަށް އާބޫދާބީ އަށް ލިބުނީ 421.26 އެމްބީޕީއެސް އެކީގަ އެވެ.

ގަދަ 10 އަށް ބަލާއިރު ލިސްޓް ދެން ތަރުތީބު ވަނީ މިހެންނެވެ؛ ގަތަރުގެ ދޯހާ (413.40)، ސްވިޑްންގެ ސްޓޮކްހޯމް (401.30)، ސައުދި އަރަބިއްޔާގެ ރިޔާދު (384.66)، ކުވައިތުގެ ކުވައިތު ސިޓީ (338.97)، އުމާންގެ މަސްކެޓް (318.95)، ޗައިނާގެ ބެއިޖިން (291.19) އަދި ޓައިވާންގެ ޓައިޕޭ (287.86) އެވެ.

ވެރިކަންކުރާ ސިޓީތަކުގެ ތެރެއިން 5ޖީ ނެޓްވޯކްގެ ސްޕީޑް އެންމެ ދަށީ ސައުތު އެފްރިލާގެ ކޭޕް ޓައުންގަ އެވެ. ސްޕީޑަކީ 53.33 އެމްބީޕީއެސް އެވެ. އެ ލިސްޓްގައި ގަދަ ތިނެކަށް ބަލާ އިރު ދޭއްގައި ބްރެޒިލްގެ ބްްރެޒީލިއާ އޮތީ 62.18 އެމްބީޕީއެސްއާ އެކީގަ އެވެ. ތިން ވަނައިގައި ޕޯޓެރިކޯގެ ސެން ޖުއާން އޮތީ 72.59 އެމްބީޕީއެސް ލިބޭތީ އެވެ.

ސްޕީޑް އެންމެ ދަށް ލިސްޓްގެ 10 ގައި ހިމެނޭ އިތުރު ގައުމުތަކަކީ ޕޮލެންޑްގެ ވާސޯ (80.18)، ސިންގަޕޫރް (111.209)، ޕިލިޕީންސްގެ މެނީލާ (112.23)، ޕްރާގްގެ ޒެޗިއާ (116.30)، ހަންގޭރީގެ ބުޑަޕެސްޓް (137.54)، ނެދަލެންޑްސްގެ އެމްސްޓަޑަމް (139.75) އަދި ކްރޯޝިއާގެ ޒަގްރެބް (140.92) އެވެ.