ޑެޕް އާ ބައިވެރިއަކު ހޯދީތަ؟
ޑެޕް އާ ބައިވެރިއަކު ހޯދީތަ؟

ގެވެށި އަނިޔާ ވެސް ކޮށްފައިވާ ކަމަށް ބުނެ، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕްގެ ކައިރިން ވަރިވާން އަންހެނުން އަދި ބަތަލާ އަމްބާ ހާޑް ކޯޓަށް ހުށަހަޅައިގެން އުޅޭ އިރު، ޑެޕް އާ ބެހޭ ގޮތުން އަނެއްކާ އާ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

ޑެޕް އާ ބައިވެރިއަކު ހޯދީތަ؟
ޑެޕް އާ ބައިވެރިއަކު ހޯދީތަ؟

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޑެޕް، 52، ކައިވެނީގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް، އޭނާ އާ ބައިވެރިއަކު ހޯދައިގެން މިހާރު އުޅެނީ ޔޫރަޕްގެ ގައުމުތަކަށް ކުރަމުން އަންނަ ޓުއާއެއްގަ އެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ބަތަލު އަންނަނީ ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅި އިރު ވެސް އޭނާގެ ބޭންޑް ދަ ހޮލީވުޑް ވެމްޕެއާސް އާ އެކު ޓުއާ ކުރަމުންނެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ޑެންމާކުން ޑެޕް ފެނުނީ އާ ބައިވެރިއަކާ އެކުގަ އެވެ. ދެ މީހުން އުޅުނު ގޮތުން، ދެ މީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އީ އޮންލައިނުން ބުނާ ގޮތުގައި ޑެޕްގެ ހަޔާތަށް މިހާރު އައިސްގެން އުޅޭ "ސިއްރު" ބައިވެރިޔާއަކީ މޭކަޕް އާޓިސްޓެއްގެ އިތުރުން ހެއާ ސްޓައިލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ޓީނާ ޑެލޯރެން އެވެ.

ޑެޕް އާ ބެހޭ ގޮތުން ޓީނާ ބުނެފައި ވަނީ ޑެޕް އާ ދިމާވީ ރައްޓެއްސެއްގެ ކޮންސެޓަކަށް ފަހު ކަމަށެވެ. އޭނާ ބުނީ ކޮންސެޓަށް ފަހު ޑެޕް ހުރި ތަނަކަށް ދެވުނީ ކަމަށާއި ފަހުން ބައްދަލުވެ ވާހަކަ ވެސް ދެކެވުނު ކަމަށެވެ. އަދި ދެ މީހުންގެ މެދުގައި އިތުރު ގުޅުމެއް ނެތް ކަމަށް ޓީނާ ބުންޏެވެ.

ޑެޕް މިދިޔަ އަހަރު އަމްބާ އާ ކައިވެނި ކުރުމުގެ ކުރިން ވެސް ކައިވެންޏެއްކޮށް ދެ ދަރިން ލިބިފައިވެ އެވެ.