ރަން މެޑަލް ލިސްޓުގެ އެންމެ ކުރީގައި ޗައިނާ
ރަން މެޑަލް ލިސްޓުގެ އެންމެ ކުރީގައި ޗައިނާ

ޓޯކިޔޯ (ޖުލައި 30) - ޖާޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ލިސްޓުގެ އެންމެ ކުރީގައި ޗައިނާއިން ޑޮމިނޭޓުކުރަން ފަށައިފި އެވެ.

ރަން މެޑަލް ލިސްޓުގެ އެންމެ ކުރީގައި ޗައިނާ
ރަން މެޑަލް ލިސްޓުގެ އެންމެ ކުރީގައި ޗައިނާ

ގޭމްސް ރަސްމީކޮށް ފަށައިގެން ހަތް ދުވަސްވީއިރު ޗައިނާ އިން މެޑަލް ލިސްޓުގައި ލީޑު ކުރަނީ ޖުމުލަ 31 މެޑަލްއާ އެކު އެވެ. ޗައިނާ އިން ވަނީ 15 ރަން މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް ހަތް ކެޓެގަރީއަކުން ހޯދި އެވެ. އަދި ނުވަ ލޯ މެޑަލް ހޯދި އެވެ. ރަން މެޑަލް ލިސްޓުގެ ދެ ވަނައިގައި އޮތީ ގޭމްސް ބާއްވާ ޖަޕާނެވެ. އެ ގައުމުން ވެސް ވަނީ 15 ރަން މެޑަލް ހޯދައިފަ އެވެ. ނަމަވެސް ޖަޕާންގެ މެޑަލްގެ އަދަދު މަދެވެ. ޖަޕާނުން ހޯދީ ޖުމުލަ 25 މެޑަލް އެވެ. ހަތަރު ރިހި މެޑަލް އާއި ހަ ލޯ މެޑަލް އެވެ.

އޮލިމްޕިކްސްގެ އޮފިޝަލް މެޑަލް ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އުޅޭނީ އެންމެ ގިނަ ރަން މެޑަލް ހޯދާ ޓީމެވެ. މިފަހަރުގެ ގޭމްސް އަށް އެންމެ ގިނަ އެތުލީޓުން ފޮނުވީ ޗައިނާއިންނެވެ. އަދި މިއީ މިހާތަނަށް އޮލިމްޕިކްސްގައި ޗައިނާ އިން ވާދަކުރާ އެންމެ ބޮޑު ކޮންޖިންޓެވެ.

"އަހަރެމެން ޖެހޭނެ ރަން މެޑަލް ލިސްޓުގެ އެއް ވަނައިގައި އޮތީ އަހަރެމެންކަން ޔަގީން ކުރަން،" ޗައިނާގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ގޮއު ޒޮހޯންގްވެން، ގޭމްސް ފެށުމުގެ ކުރިން ވިދާޅުވި އެވެ.