މުހަންމާ މާފަށް އެދި އަލުން ޕީޕީއެމަށް
މުހަންމާ މާފަށް އެދި އަލުން ޕީޕީއެމަށް

ޕީޕީއެމުން ވަކިވެ، އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން މާފަށް އެދިވަޑައިގެން، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަލުން ޕީޕީއެމަށް ރޭ ސޮއިކުރައްވައިފި އެވެ.

މުހަންމާ މާފަށް އެދި އަލުން ޕީޕީއެމަށް
މުހަންމާ މާފަށް އެދި އަލުން ޕީޕީއެމަށް

އޭނާގެ އިތުރުން، އެ ޕާޓީ އަށް ސޮއިކުރި އެހެން ބައެއް މީހުންގެ ފޯމުތައް ހަވާލުކުރީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އިދިކޮޅު ކޯލިޝަން ހިންގުމުގައި މި ވަގުތު އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެވެ.

މުހަންމާ މާފަށް އެދި އަލުން ޕީޕީއެމަށް
މުހަންމާ މާފަށް އެދި އަލުން ޕީޕީއެމަށް

އެ ރަސްމިއްޔާތުގައި މުހައްމާ ވިދާޅުވީ ޕީޕީއެމާ އަލުން ގުޅިވަޑައިގަންނަން ޖެހުނީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށެވެ. އެހެން ވިސްނުމަކުން، ޔާމީނާ ވަކިވެ، އެ މަނިކުފާނާ ދެކޮޅަށް މަސައްކަތްކުރަން ވިސްނި ވިސްނުން ބައެއް މީހުން ސިފަކުރަނީ ހެދުނު ގޯހެއްގެ ގޮތުގައި ކަމަށާއި އެކަމަށްޓަކައި، އިހަވަންދޫ ދާއިރާގެ ރައްޔިތުންނާއި ޔާމީންގެ އަރިހުން އޭނާ މައާފަށް އެދިވަޑައިގެންފައި ވެ އެވެ.

"އަދިވެސް އަޅުގަނޑަށް ގޯސް ހެދުނީތީ ހިތާމަކުރަން. ރައީސް ޔާމީނާ ވަކިވެވުނީތީ އަޅުގަނޑު ހަމަގައިމު ވެސް ހިތާމަކުރަން،" މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ޕޯޑިއަމްގެ ކުރިމަތީގައި ހުއްޓެން މިހާރު ވެސް މާ ލަސްވެއްޖެ އެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި އުޅުއްވާނީ ޔާމީން ވެރިކަމަށް ގެންނަން މަސައްކަތްކުރުމަށް ކަމަށް މުހައްމާ ވިދާޅުވި އެވެ.

ފަހި ވައިގައި ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ވައިގައި އަބަދު ދަތުރުކުރަން ތިއްބައި ފަރަކަށް އަރައިފިނަމަ ދެން ރާއްޖެ އަތު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދޯނީގައި ކުޅިވަރާއި މަޖަލުގައި މީހުން ތިބިއިރު، އޮޑި ދަތުރުކުރަމުން ދަނީ މާލިމީ ބޭނުން ގޮތަކަށް، ހިތުހުރި ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ނުކުމެ ކޮށްލަންވީ ހަމަ ކުޑަކުޑަ ކަމެއް. އޭގައި ތިބި ފަޅުވެރިން ވެސް ތިބީ އެކަން ކުރުމުގެ ވިސްނުމުގައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ވައިޖެހޭ މިސްރާބު ބަދަލުކުރުމަކީ އެއްވެސް ރައްޔިތަކަށް ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދޯނި ދާ މިސްރާބު ބަދަލުކޮށްލުމަކީ ހަމަ ވަރަށް ފަސޭހަކަމެއް. ދޯނީގެ ރިޔާ މާތްﷲ އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން،" މުހައްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޯނީގެ މިސްރާބު ބަދަލުކޮށް ވެރިކަން ޔާމީނާ ހަވާލުކޮށްފައި ނޫނީ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ތަރައްގީގެ ފިކުރަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.